ކަނޑުމަތީގައި ހާލު ދެރަވި ފަޅުވެރިއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

މަސްވެރިކަން ކުރާ ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއަކު ހާލު ދެރަވެގެން މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ، މ. ވޭވަށް ކައިރީ މަސްވެރިކަން ކުރަމުން ދިޔަ "މިއަވާލި" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ފަޅުވެރިއަކު ހާލު ދެރަވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ގޮތުން މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:00 ގައި ކަމަށާއި އަދި އެ ފަޅުވެރިއަކީ އުމުރުން 53 އަހަރުގެ ދިވެއްސެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ އެ ފަޅުވެރިއާ ނިދާ ހޭލި އިރު އޭނާގެ ގައިގާ އެެއްވެސް ވަރެއް ނެތިގެން އުޅުނު ކަމަށެވެ. އެ ގޮތުން މިހާރު އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާއިން މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް އެމީހާ ވަނީ ގެންގޮސްފައެވެ.
ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފް ކޯސްޓް ގާޑުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.