ރޮޒައިނާގެ ރައްދު ނަޝީދަށް: ފުރައްސާރަ ކުރިޔަސް ބުނަން ބޭނުންވާ އެއްޗެއް ސާބިތުކަމާއެކު ބުނާނަން!
އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމްގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް އޭނާ ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖެއްގައި ވަނީ ރޮޒެއިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ނުޖެހޭނެ ކަމަށާއި އެކަން ވަރަށް ކަށަވަރު ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ވެސް މިއީ ތިޔަހާ ކުޑަކުއްޖެއް ނޫން. ވަކި ޕަވަރ ބޭސް އާއިި ނެޓްވޯކެއް ނުހެދޭނެ. އެމްޑީޕީ އެއް ކައިރި ނުކުރެވޭނެ" ނަޝީދު ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވައި ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޔެސް ބޮސް" ކިޔަން ދަސްވެފައި ނެތުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް އޭނާ އަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމަށެވެ.
"މިހެން މިކަން އޮތަސް، ފުރައްސާރަ ކުރިޔަސް، ބުނަންޖެހޭ އެއްޗެއް ސާބިތުކަމާއެކު ހަމަ ބުނަމުންދާނީ. ވާ އެއްޗެއް ވާނެ" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ އޭނާ އިންތިހާބު ކޮށްދެއްވުމަށް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މަސައްކަތް ކޮށްދެއްވި ކަމަށާއި އޭނާ އަކީ އެމްޑީޕީގެ ކެންޑިޑޭޓު ކަމަށެވެ.
"އޭގެ މާނައަކީ ދެ ބޭފުޅުން ވިދާޅުވާ ހުރިހާ އެއްޗަކަށް އާއެނކޭ ބުނަން ޖެހުމެއް ނޫން. އަދި އަޅުގަނޑަށް ތާއީދު ކުރެއްވިއިރު ވެސް އެނގިލައްވާނެ އަޅުގަނޑަކީ "ޔެސް ސަރ" ކިޔާ މީހެއް ނޫންކަން" ރޮޒެއިނާ ވިދާޅުވިއެވެ.
ރަގަޅު……! ކެރަފާ ނަޝީދުގެ މަޅީގައި ނުޖެހޭތި.
ރަގަޅު ނަޝީދުގެ މަޅީގައި ނުޖެހޭތި ރޮޒޭނާ
މީހާދަގޮތެއްނެއް މީހެކޭ ކަލޭގެލަދުކޮބާ ނަށީދޭކިޔައިގެން އައްޑޫމީހުންގެ ފުޅްސަޕޯތުއޮތީ ނަށީދުއައް ކަން ކަލޭއައް ނޭގުނީތީ ހައިރާންވޭ