Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ކުރިން ބްރޯޑްކޮމްގައި ހުންނެވި ގައިސް އެޗްޑީސީގެ ޑީއެމްޑީކަމަށް އައްޔަނުކޮށްފި

ކުރިން ބްރޯޑްކޮމްގައި ހުންނެވި ގައިސް އެޗްޑީސީގެ ޑީއެމްޑީކަމަށް އައްޔަނުކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސްކަމުގައި ކުރިން ހުންނެވި އަހުމަދު ގައިސް، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރައްވައިފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު، ބްރޯޑްކޮމްގެ ނައިބު ރައީސްކަމުންނާއި މެމްބަރުކަމުން ގައިސް އިސްތިއުފާ ދެއްވީ ސިޔާސީ މަސައްކަތަށް ނިކުމެވަޑައިގެންނެވުމަށްކަމަށް ވިދާޅުވެ އެވެ. އެ ކޮމިޝަނުން އިސްތިއުފާ ދެއްވައި ގައިސް ވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކެމްޕެއިން ކޮށްދެއްވުމަށެވެ.

އޭގެ ފަހުން ޖެނުއަރީ 28 ގައި ޕްރައިމަރީގެ ވޯޓުލުން ނިމެންދެން ރައީސް ޞާލިހުގެ ކެމްޕެއިން ޓީމާއިއެކު އެންމެ ކުރީ ސަފުގައި ގައިސް ހަރަކާތްތެރިވި އެވެ.

Advertisement
Ooredoo — Square (box)

ބްރޯޑްކޮމްއަށް ގައިސް އައްޔަނުކުރެއްވީ ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު 2019 ވަނަ އަހަރެވެ.

އެޗްޑީސީގެ ޑީއެމްޑީގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ކުރިން ހުންނެވި އަހުމަދު އާތިފް އެކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަނު ކުރެއްވުމުންނެވެ. އާތިފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަނު ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް