އެޑްވަޓޯރިއަލް ވިޔަފާރި

ރޯދަ މަހު އުުރީދޫ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހާއްސަ ހަދިޔާތަކެއް ލިބޭ އޮފާތަކެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ ރޯދަމަހު ކޮންމެ ދުވަހަކުވެސް އުރީދޫގެ ކަސްޓަމަރުންނަށް އަގުބޮޑެތި ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

Ads by MWSC

ފުވައްމުލަކުގައި އިއްޔެ އިފްތިތާހްކުރި މިޕްރޮމޯޝަންގެ ދަށުން "ހަދިޔާ ފޮށި"ގެ ނަމުގައި އުރީދޫގެ މޮބައިލް އަދި ސުޕަނެޓް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ކޮންމެ ދުވަހަކު ހަދިޔާއެއް ލިބުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން މައި އުރީދޫ އެޕްގައިވާ ހަދިޔާ ފޮއްޓަށް ފިތާލުމުން ފެންނަ ހަ ފޮށީގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ފޮއްޓެއް ހިޔާރު ކުރުމުން ތަފާތު އިނާމުތައް ލިބޭނެއެވެ.

މި އިނާމުތަކުގެ ތެރޭގައި ސައިކަލާއި، އައިފޯން ޕްރޯ 14 އާއި ޓީވީ، އެއް ޓީބީއާ ހަމައަށް އިންޓަނެޓް ޑޭޓާ އަދި ގިފްޓު ވައުޗަރުތައް ހިމެނެއެވެ.

ކޮންމެ ކަސްޓަމަރަކަށް ދުވާލަކު ދެ ފަހަރު ހަދިޔާ ފޮށި ހުޅުވައިގެން ހަދިޔާ ހޯދޭނެ ކަމަށާއި މިއީ ރޯދަ މަހުގެ ކޮންމެ ދުވަހަކު ލިބޭ ހަދިޔާއެއް ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އުރީދޫ އިން ބުނީ ހާދިޔާ ފޮށި ކުޅުމަށް އުރީދޫ އެޕަށް ޒިޔާރަތްކޮށް ހަދިޔާ ފޮށި ހިޔާރުކޮށްލުމުން ފެންނަ ހަ ހަދިޔާ ފޮށިން ކޮންމެވެސް އެއް ފޮއްޓެއް ހިޔާރު ކޮށްލުމުން ކޮންމެވެސް ހަދިޔާއެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރޯދަ މަސް ފާހަގަކުރުމުގެ ގޮތުން އުރީދޫއިން ރަމަޟާން މަހުގެ ތެރޭގައި އާޗާ 750، އާޗާ 500 އަދި އުރީދޫ ޑޭޓާ 500 ޕެކް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ ގެ ގޮތުގައި 10ޖީބީ ޑޭޓާ ނުވަތަ 5ޖީބީ ޑޭޓާ ގެ އިތުރުން 200 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އުރީދޫ އިން ވިދާޅުވިއެވެ.

އުރީދޫ އިން ވިދާޅުވީ އާޗާ ޕްރީޕެއިޑް 750 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 6 ޖީބީ ޑޭޓާ ލިބޭނެެ އާޗާ ޕްރީޕެއިޑް 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 2 ޖީބީ ޑޭޓާ އަދި އުރީދޫ ޑޭޓާ 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް 30 ދުވަހަށް 35 ޖީބީ ޑޭޓާ ލިބޭނެ ކަމަށެވެ.

Ads by Ooredoo
  1. ޙހހހ

    ކޮންމެދުވަހަކު މިިއުލެނީ ގެއައް ނެޓުނުލިބިގެން ލާރިދެއް ކީމަވެސް 15 ދުވަހު ލިބެނީ 15ދުވަހު ނުލިބޭ