ޚަބަރު

ސިޔާސަތެއް ނެތި ވޯޓު ގަންނަން އުޅުމަކީ ބަލިވިކަމުގެ އަސްލު: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކެމްޕެއިން ހަރަކާތުގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ދެން

އިންތިޚާބުތަކާއި ކުރިމަތިލާއިރު އެއްވެސް ސިޔާސަތެއް އެކުލަވާލުމެއްނެތި ވޯޓު ގަތުމަކީ އިންތިޚާބުތަކުން ބަލިވުމުގެ އެންމެ ބޮޑު އަސްލު ކަމުގައި އެމްޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއިއެކު ކުރިއަށް ދިއުމަށްޓަކައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނައި ޖުމްހޫރީ ޕާޓީން މެނިފެސްޓޯ އެކުލަވާލުމަށް ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ފަށައި ރޭ ވަނީ މަޝްވަރާ ބައްދަލުވުންތައް ފަށާފައެވެ. ރޭގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ބައިވެރިވީ، ހަސަން ލަތީފާއި، އަމްރުއެވެ.

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ޖޭޕީއާއި އެކު މެނިފެސްޓޯގެ މަސައްކަތް ފަށާފައިވާއިރު، މިއަދު ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބަކާއި ކުރިމަތިލާއިރު އެންމެ މުހިންމު ކަމަކީ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލުންކަމަށެވެ. އެހެން ނޫނީ ޖެހޭނީ ބޮޑު އަގުގައި ރައްޔިތުންގެ ވޯޓުތައް ވިޔަފާރީގެ އުސޫލުން ގަތުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ކުރާ ދަތުރުގައި ތަންފީޒު ކުރުމަށް ވައުދުވާ ސިޔާސަތު އެކުލަވާލުމަކީ އެންމެ މުހިންމު ކަންތައް. ޓްރާސެޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ނާކާމިޔާބުގެ އަސްލު.

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު މިނިވަންކަމާއި ހަމަހަމަ ކަމާއިއެކު ކުރިއަށް ގެންދެވޭނެ އުސޫލެއް ހަމަޖެއްސުމަށް މަޖިލީހުގެ އެކި ޖަލްސާތަކުގައިި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން ދަނީ ގޮވާލަމުންނެވެ. ޚާއްސަކޮށް ސަރުކާރުގެ ނުފޫޒާއި، ބާރުވެރިކަން އިންތިހާބުގެ ތެރެއަށް ވައްދައި، ދައުލަތުގެ މުދާތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އެއްވެސް ކެނޑިޑޭޓަކަށް ލިބިގެން ނުވާނެކަމަށް އެމެމްބަރުން ދަނީ ގޮވާލަމުންނެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާއިރު ރައީސް ނަޝީދު ގެންދަވަނީ ޖުމްހޫރީ ޕާޓީއާއިއެކު މަސައްކަތް ކުރުމަށް ތައްޔާރުވެ ކޯލިޝަން ހެދުމަށް ތައްޔާރުވަމުންނެވެ.

Ads by PNC
  1. ހިނގާދަމާ

    މި ބަރަކާތްތެރި ރޯދަމަހު ގާސިމް އިބްރާހިމް އާއި އަަންނި ގުޅިގެން ރިޔާސީ ކެންޑިޑޭޓަކަށް ގާސިމް ކުރިމަތި ލައްވާ ކަން ރަސްމީ ކޮށް އިއުލާން ކުރުމަށް ފަހު ކޮންމެ ރެއަކު ކުނޫޒު ކިއްލާ ގައި ކެމްޕެއިން ތައް ކޮށް ލައިވް ކޮށް ވީޓީވީން ނާއި އަދި ޗެނަލް 13 އިން ދައްކަމުން ދާންވީއޭ ވީޓީވީ ހީވަނީ މިހާރު އެއީ ސަރުކާރުގެ ޓީވީ އެއް ހެންނޭ އަކުން ބަކުން ކުޅޭ ޕްރޮގްރާމް ތަކޭ ވީޓީވީން ގެނެސްދެނީ އެހެންވެއޭ ވީޓީވީ އެހާ ބޮޑަށް މަޝްހޫރު ނުވެގެން އުޅެނީ 10 އަހަރު ވެގެންދާއިރު ވެސް އެކަން ކަން ބަދަލު ކުރަންވީއޭ ގާސިމް އިބްރާހިމް އަތް މަތި އަވަސް ކުރަންވީއޭ ވަގުތު ގެއްލޭ ވަރަށް ގާސިމް އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ގާސިމަށް އޮތް ފުރުސަތު ކުޑަ ވެގެންދާނެއޭ ސަރުކާރުން މިހާރު ވެސް ދަނީ ވަރަށް ރަނގަޅަށް ކެމްޕެއިން ކުރަމުންނޭ މިކަން ދަންނަން ޖެހޭނެއޭ އަންނި އާއި ގާސިމްގެ ޓީމް އިން ވެސް ސަރުކާރުން ބާއްވާ އެކި މުނާސަބާ ތަކަކީ އެއީ ވެސް ކެމްޕެއިނޭ..

  2. އަބުދުއްﷲ

    އަދިވެސް ހަމަވެރިކަމާހެދި ކުރިންވެރިކަންލިބި ވެރިކަންކުރާކައްނޭގުނު ދެންގޭއިއްތުގަ ހުރުންމާރަގަޅުވާނެ