ރާއްްޖެއަށް މިއަހަރުގެ މިހާތަނަށް 483،624 ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްްޖެއަށް މިއަހަރުގެ މިހާތަނަށް 483،624 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީމަހު ރާއްޖެއަށް 177000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 3.1 އިންސައްތަ އިތުރުވުމެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް 6354 ފަތުރުވެރިން އައިސްފައިވެއެވެ. ފެބްރުއަރީ މަހު އެކަނި ވެސް 177،914 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
އެންމެ ގިނަ ފަތުރުވެރިން އެމަހު ޒިޔާރަތްކޮށްފައި ވަނީ ރަޝިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އިންނެވެ. އަދި ތިންވަނައިގައި އޮތީ އިޓަލީއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ. މިއާއެކު ރާއްޖެއަށް ގިނަ ޢަދަދެއްގެ އެއަރލައިންތަކަކުންވެސް ދަނީ ދަތުރުތައް ބާއްވަމުންނެވެ.