ޚަބަރު ސިޔާސީ

މިދިޔަ 4 އަހަރަކީ އެސްޓީއޯ ރަނގަޅު ނަތީޖާ ނެރުނު އަހަރުތަކެއް, އަމްރުއަށް ޝުކުރު: ނަޝީދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ 4 އަހަރަކީ އެސްޓީއޯ ރަނގަޅު ނަތީޖާ ނެރުނު އަހަރުތަކެއް ކަމަށާއި އެކަން ސަރުކާރުގެ އެހެން ކުންފުނިތަކާއި އަޅާކިޔާލުމުން އެކަން ސާފުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސައިން އަމްރުއަށް އެމަގާމުން ވަކި ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ނަޝީދުވަނީ އަމްރުއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

"މިދިޔަ 4 އަހަރަކީ އެސްޓީއޯ ރަނގަޅު ނަތީޖާ ނެރުނު އަހަރުތަކެއް. ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާއި އަޅާކިޔާލުމުން ސާފުވާނެ. ކުންފުނީގެ ފައިދާ ބޮޑު އެހެނަސް ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓި. ކޮވިޑްގެ ހާލަތުގައިވެސް ރަށްރަށް ކާޑަށް ނުޖެހި ހިފެހެއްޓި ހުސައިން އަމްރު އަށް މަރުހަބާއާއި ޝުކުރު" ނަޝީދު ވިދާޅުވިއެވެ.

އެސްޓީއޯގައި ހުސައިން އަމްރު އަދާކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އޮފީހުން އިއްޔެ ވަނީ ފޮނުވައިފައެވެ. އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމުންނާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯ ކަމުން އަމްރު ވަކިކުރުމަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެެވެ.

އަމްރު މަޤާމުން ވަކިކުރަން ނިންމާފައިވާއިރު، ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ފެށިގެން އަމްރު ގެންދަވަނީ، އެމްޑީޕީގައި މިހާރު އުފެދިފައިވާ ފެކްޝަންގެ ތެރެއިން މުހައްމަދު ނަޝީދުގެ ފަޅީގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ޖޭޕީގެ ރިޔާސީ ކޮމެޓީއާއި ދާދި ފަހުން ބައްދަލުކޮށްފައިވާއިރު ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރޭގައި އެމްޑީ އަމްރު ހިމެނެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!