ޚަބަރު ސިޔާސީ

ރައީސް ނަޝީދު ފެކްޝަނުގެ މެމްބަރުން އުޅުއްވަނީ މަޖިލީހުގައި އެމަނިކުފާނުގެ އެޖެންޑާ ފަތުރަން: ރޮޒައިނާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސަރުކާރާ ދެކޮޅު، އެމްޑީޕީގެ މަޖިލީހުގެ މެމްބަރުން، މަޖިލިސް ބޭނުން ކުރައްވަނީ، އެމްޑީޕީގެ ރައީީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އެޖެންޑާ ފެތުރުމަށް ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މަަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭއިން ފަސޭހައިން ފަރުވާ ލިބޭނެގޮތަށް ނިޒާމު ބަދަލުކުރުމަށް ގޮވާލާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށައަޅުއްވާފައިވާ ގަރާރުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން ރޮޒައިނާ ވަނީ، ރައީސް ނަޝީދުގެ ފެކްޝަނުގެ މެމްބަރުން، ޤަރާރުތައް ހުށަހެޅުއްވުމުގެ ކުރިން، ސަރުކާރުން ކުރާ މަސައްކަތްތައް ބައްލަވައިލެއްވުން ރަނގަޅު ކަމަށެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުް‘ މަޖިލިދް ބޭނުން ކުރައްވަނީ، ސިޔާސީ ގޮތުން އެ ދުވަހަކު ރައީސް ނަޝީދު ދައްކަވަން ބޭނުންވާ ވާހަކައެއް ދެއްކެވުމަށް ކަމަށެވެ.

"އެކަމަށްޓަކާ ކޮންމެ ދުވަހަކު، ކުއްލި މައްސަލައެކޭ ކިޔާފަ މިތަނަށް، ލާފާނެ، މީގެ ތިން މަސް ދުވަސް ކުރިން ހިނގާފަ އޮތް ކަމެއްވެސް."

ރޮޒައިނާ ވިދާޅުވީ އޭނާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި 15 އަހަރު މަސައްކަތް ކުރެއްވިއިރު، މީގެ ކުރިން ކުއްލި މައްސަލައެއް ހުށަހަޅާއިރު ބަލާ ކަންކަން މިހާރު ނުބަލަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް ކުރިއަށް ގެންދަވަނީ އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ވެރިކަން ކުރެއްވި ގޮތަށް ކަމަށާއި، ޑިމޮކްރަސީގެ ބައްޕަ ކަމަށް ދައުވާ ކުރެއްވުމަށްފަހު، މަޖިލީހުގައި ހާވާ ހަޑިން ބޯ ހަލާކުވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!