ދެން ރެސިޕީ | މެންގޯ ފްލޯޓް

ބޭނުންވާތަކެތި:
1 ޕެކެޓް ގުރަހަމް ބިސްކޯދު
2 އަނބު (ފޮތި ކޮށްފައި)
1 ދަޅު ގެރިކިރު
2 ޖޯޑު ކުރީމް
1 ޖޯޑު ކިރު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ގެރިކިރު އަދި ކުރީމް އެއްކޮށްލާށެވެ. ދެން ބިސްކޯދު ކިރު ތަށީގެ ތެރެއަށްލާ ފޯކޮށްފައި ޓުރޭގައި އަތުރާށެވެ. ދެން ކުރިން އެއްކުރި ގެރިކިރު އަދި ކުރީމް ބިސްކޯދު މަތީގައި ހާކާލާށެވެ. ދެން ފަހަރަކު އަނބު ފޮއްޗެއް ކުރީމް މަތީގައި އަތުރާލާށެވެ. މި ގޮތަށް ދެ ފަހަރު ތަކުރާރުކޮށް ހަދާލާށެވެ. ހަދާ ނިމުމުން ފިނިކުރަން އަލަމާރިއަށް ލާށެވެ.