ޚަބަރު ސިޔާސީ

ރައީސްއަށް ވެރިކަން ހޯދައިދޭޭން އެންމެ ބުރަކޮށް މަސައްކަތް ކުރި މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ޝިފާޒުގެ ނަން އޮންނާނެ: ޢަލީ ޙުސެއިން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަން ހޯދައިދޭން އެންމެ ބުރަކޮށް މަސައްކަތް ކުރި މީހުންގެ ލިސްޓެއް ހަދައިފިނަމަ، އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒުގެ ނަން އެންމެ ކުރީގައި އޮންނާނެ ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު، ޢަލީ ޙުސެއިން ވިދާޅުވެއްޖެއެވެ.

Ads by MWSC

އޭނާ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ، ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމުން ވަކި ކުރެއްވުމާ ގުޅިގެންނެވެ.

ޝިފާޒަކީ އެމްޑީޕީގެ ނައިބު ރައީސް ވެސް މެއެވެ. ޝިފާޒް ގެންދަވަނީ ސަރުކާރާ ދެކޮޅަށް ރައީސް ނަޝީދު ފައްޓަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" ކެންޕެއިންގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ. ޝިފާޒަކީ ރައީސް ނަޝީދާ ވަރަށް އަރިސް ބޭފުޅެކެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކެބިނެޓުގެ ބޭރުން ސިޔާސީ މަގާމަކަށް އެންމެ ފުރަތަމަ އައްޔަނުކުރި ބޭފުޅުންގެ ތެރޭގައި ޝިފާޒް ހިމެނެއެވެ.

ޝިފާޒު މަޤާމުން ވަކި ކުރުމާ ގުޅިގެން، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ކަންބޮޑުވެވަޑައިނުގަތުމަށް އެދިވަޑައިގެން، ޝިފާޒަށް ހިތްވަރު ދެއްވައިފައެވެ.

ޝިފާޒު މަޤާމުން ވަކި ކުރެއްވިއިރު، ރައީސް ނަޝީދު ފެކްޝަންގައި އިސްކޮށް އުޅުއްވާ، ޙުސެއިން އަމްރު، އެސްޓީީއޯގެ އެމްޑީގެ މަޤާމުން ވެސް ވަނީ ވަކިކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!