ޚަބަރު ސިޔާސީ

ފެތެމުންދާ އޮޑިއަކުން ފުންމައިލުން ވާނީ ހެވަކަށް: ޖަމީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފެތެމުންދާ އޮޑިން ފުންމައި ލިޔަސް އަދި ވަކިކުރިޔަސް ވާނީ ހެވަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަޤާމުން އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވަކި ކުރައްވައިފައިވާއިރު، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން(އެސްޓީއޯ)ގެ ސީއީއޯ އަދި އެމްޑީގެ މަޤާމުން ޙުސެއިން އަމްރު ރަޝާދު ވެސް ވަނީ ވަކި ކުރައްވައިފައެވެ.

ޖަމީލު ވިދާޅުވީ ރައީސް  ޞާލިޙު ކުރިން ދެއްކެވީ ވަޒީފާގެ ބިރު ނޯންނާނެ ވާހަކަ ކަމަށެވެ. ނަމަވެސް މިއަދު އަމަލު ކުރައްވާ ގޮތުން ހާމަވަނީ ރައީސް ޞާލިޙްގެ މުނާފިގުކަން ކަމުގައިވެސް ވިދާޅުވިއެވެ.

”‏ކޮބާ ރ.އިބްރާހިމް ދެއްކި ވަޒީފާގެ ބިރު ނޯންނާނެ ވާހަކަ؟އަބަދުވެސް ބުނަމުން މިއައީ މި ވެރިމީހާގެ މުނާފިގު ކަމާއި އަނިޔާވެރިކަމުގެ ވާހަކަ. އަމިއްލަ ޕާޓީގެ ފިދާއީންނަށް ވެސް އަނިޔާ.“

ޖަމީލު ވަނީ، ފެތެމުންދާ އޮޑިން ފުންމާ ލިޔަސް އަދި ވަކިކުރިޔަސް ވާނީ ހެވަކަށް ކަމަށް ވިދާޅުވެ، މި ވެރިކަން ނިމިއްޖެ ކަމަށް ވެސް ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ހަނދު

    ފެތޭ އޮޑީގެ ރިޔާ ދަށުވިއަސް ކަނަކުގެ އަތްދަށު ނުވާށޭ ބުނެއުޅޭ ދެއްތޮ…؟