ޚަބަރު

ކުރިން ވިސާ ނެގުމަކާ ނުލައި، އޮމާަނަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާ ނުނެގިޔަސް، އެ ޤައުމަށް އެތެރެވެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

Ads by MWSC

 

މިކަން ހާމަކުރައްވައި ފޮރިން މިނިސްޓްރީން ވިދާޅުވީ މި އިންތިޒާމު ހަމަޖެހިގެން ދިޔުމުން، މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރާ މީހުންނަށް އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެޤައުމުގައި ތިބެވޭނެކަމަށެވެ.

 

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ، އޮމާނުން ދިވެހިންނަށް ވިސާ މައާފު ކޮށްދިނުމަކީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި އޮމާނުން ދިވެހިރާއްޖެއަށް ދޭ ޚާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.

 

ކުރިން ވިސާއެއް ނެގުމަކާނުލައި އޮމާނަށް ދަތުރު ކުރެވޭނީ ދުރާލައި ހައްދާފައިވާ ހޮޓެލް ބުކިން އަކާއި ހެލްތު އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓު އޮވެގެންނެވެ. އަދި ޕާސްޕޯޓުގެ މުއްދަތު މަދުވެގެން ހަ މަސްދުވަސް އޮންނަންވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

 

ރާއްޖެއާއި ދުނިޔޭގެ އެކި ޤައުމުތަކާ ދެމެދު އޮންނަ ގާތްގުޅުމުގެ ސަބަބުން އެކި ޤައުމުތަކުން އަންނަނީ މިފަދަ ލުއިތައް ދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!