ކަނޑުހުޅުދޫގައި ޒުވާނަކު އަމިއްލައަށް މަރުވެއްޖެ
ގއ. ކަނޑުހުޅުދޫގައި ޒުވާނަކު އަމިއްލައަށް މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ފިރިހެނެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެ ރަށުން "ދެން"އާ ވާހަކަދެއްކި މީހަކު ބުނީ އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ރަށުގެ ބަނދަރު ސަރަހައްދު މޫދުން ކަމަށެވެ. އަދި މޫދުން ނެގި އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ބުންޏެވެ.
މޫދުން ނެގި އިރު އޭނާގެ ފައިގައި ވަލެއް އައްސާފައި އޮތް ކަމަށާއި އެ ވާގަނޑު އޭނާގެ ސައިކަލުގައި އައްސާފައި ހުރި ކަމަށް ބުންޏެވެ. އަދި އެ ޒުވާނާ އަކީ ސިކުނޑީގެ މައްސަލައެއް ހުންނަ ޒުވާނެއް ކަމަށް "ދެން"އަށް މަޢުލޫމާތި ދިން ފަރާތުން ބުންޏެވެ.
އެ ސަރަހައްދުގައި އެވަގުތު ފުލުހުން ވަނީ ހަރަކާތްތެރިވެފައެެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވި ނަމަވެސް މި މަރާއި ގުޅޭ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޑެން އަމިއްލަ އަށްކަމަށް ތި ލިޔުއްވީ ކީއްވެތޯ ގޮނޭނގޭ މަރެއްގަ؟ ޢަވަހަށް ނޫސްވިއްކަންތޯ ޚަބަރުގަ ލިޔަންވާނީ ރަނގަޅަށް މައުލޫމާތު ށާފުވުމުންދޮތްތޯ ތީ ތިބޭފުޅުންޚުރާ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ދުރުޙި އަކާ ޚަބަރުގަ އޮންނަ ވާހަކަ އެއް ދިމައެއް ނުވޭ ދެން ގަލަން އޮތީމަ ލިޔުއްވނީ ދޮތްތޯ؟
ޒަހީގެެ ކޮމެންޓުގަަ ވަރަށްް ކުއްްގިނަ، ދެންް ފަހަރަކުން ރަނގަޅުު ކޮށްލަންް ނަސޭހަތްތެރިވަންް…އެހެންް މީހުންގެެ ލިޔުންތަކަށްް ފާޑުު ކިޔުމުގެެ ކުރިން ތިމާާ މީހާާ ލިޔާ އެއްޗެހީގެެ ކުށްް ފިލުވާފަ ހުރެެ ކޮމެންޓުު ކުރައްވާާ….ޒަހީީ އަމިއްލަޔަށްް ޒަހީީ ލިޔެފަަ ހުރިި ކޮމެންޓ ކިޔާލަންް ފެނޭޭ…. ލިޔުމުގެެ ކުށެއްް ޖެހިދާނެެ. އެކަމަކުު ލިޔެފަަ ހުރިި އެއްޗެއްް ކިޔަންނޭގޭޭ ވަރަށްް ގިނައިންް ކުއްް ހުރިނަމަަ އެއީީ މައްސަލައެއްް……
ޖއަމިއްލައަށް ކަމެއް ކިހިނެއް އެނގެނީ
ޢަމިއްލަ އަށް މަރުވީ ކަމަށް ލިޔަންވާނީ މަރުވިގޮތް ބެލުމަށްފަހު… މިފަދަ މައްސަރެއްގައި … ފައިގަ ވަލެއް އައްސާފަ އެވާ ސައިކަލުގަ އައްސާފަ