ރެސިޕީ

ދެން ރެސިޕީ | ފަލޫދާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

Ads by Sosun Fihaara

¾ ޖޯޑު ގެރިކިރު

½ ޖޯޑު ރޯޒް ސިރަޕް

2 ޖޯޑު ފެން (ރޯޒް ސިރަޕް ގިރުމަށް)

½ ޖޯޑު ފެން (އިސްބަގުލު ފޯކުރުމަށް)

½ ސައިސަމުސާ ވެނީލާ އެސެންސް

2 މޭޒުމަތީ ސަމުސާ އިސްބަގުލު

10 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ސްޓްރޯބެރީ ޖެލީ

500 ގްރާމް ވެނީލާ އައިސްކްރީމް

ތައްޔާރުކުރާނެ ގޮތް:

1. ފުރަތަމަ ގެރިކިރާއި ފެނާއި ރޯޒް ސިރަޕާއި ވެނީލާ އެސެންސްކޮޅު އެއްކޮށްލުމަށްފަހު އެ ފްރިޖަށްލާ ދެތިން ގަޑިއިރެއް ހާއިރު ފިނިކުރަން ބަހައްޓާށެވެ.

2. ބައިޖޯޑު ފެނަށް އިސްބަގުލުކޮޅު އަޅާލައި 30 މިނެޓުވަރު ފޯކުރަން ބަހައްޓާށެވެ.

3. ފަލޫދާ ތައްޔާރުކުރަންވީމާ ފުރަތަމަ ބިއްލޫރިތަށީގެ ތެރެއަށް އަޅާނީ ½ 1 މޭޒުމަތީ ސަމުސާ ފޯކުރި އިސްބަގުލެވެ. ދެން 5 މޭޒުމަތީ ސަމުސާ ޖެލީއެވެ.

4. ދެން ފްރިޖަށްލި ރޯޒް ސިރަޕް ގަނޑުގެ ½ 1 ޖޯޑު ބިއްލޫރި ތަށްޓަށް އަޅައި ގިރާލުމަށްފަހު މަޑުމަޑުން އައިސްކްރީމްކޮޅު ތަށްޓަށް ލާށެވެ.

  1. Anonymous

    ޖޖ