ޚަބަރު ސަރުކާރު

އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އެސްޓީއޯގެ އިމާރާތް. ދެން ފައިލް ފޮޓޯ

ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތި ލުމަށް ހުޅުވާލައިފިއެވެ.

Ads by STELCO

އެސްޓީއޯއިން ބުނި ގޮތުގައި ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ އެކުންފުނީގެ ހިއްސާދާރުންނަށް މިހާރު އެފުރުސަތުވަނީ ހުޅުވާލައިފައެވެ. އަދި އެފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00 އާއި ހަމައަށް ވަނީ ހުޅުވާލައިފައެވެ. އެކުންފުނިން ބުނީ ހާއްސަކޮށް މިކަމަށް ޝައުގުވެރިވާ އަންހެން ބޭފުޅުން ކުރިމަތި ލެއްވުމަކީ އެކުންފުނީގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފައިވާއިރު ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން އަދި ކުންފުނީގެ ހިއްސާބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ
ފަރާތުން އެއް ޑިރެކްޓަރަކު އިންތިހާބުކެރެވޭނެއެވެ. އަދި ސަރުކާރު ނުވަތަ މައިހިއްސާދާރުގެ ފަރާތުން އައްޔަނުކުރެވޭނީ ހަ ޑިރެކްޓަރުންނެވެ.

އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު އެކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސައިން އަމްރު ވަނީ ދާދިފަހުން އެމަގާމުން ވަކިކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!