ޚަބަރު

‎ކާށިދޫ ފަރަށް އެރި ދޯނިން މޫދަށް ދޫވި ރެޑްބުލްތައް އެ ރަށު މީހުން ހޮވަން ‎ފެށީ ހުއްދަ ނުހޯދައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކ.ކާށިދޫ ފަރަށް އެރި ދޯނީގައި ހުރި ރެެޑްބުލް ކޮންޓައިނަރެއް ހަލާކުވެ އޭގައި ހުރި ރެޑްބުލްތައް ފަޅުތެރެއަށް ދޫވުމުން ކާށިދޫ މީހުން އެތަކެތި ހޮވަން ފެށީ ދޯނީގެ ވެރިފަރާތުގެ ހުއްދަ ނުހޯދާ ކަމުގައި އެ ދޯނީގެ ވެރި ފަރާތުން ބުނެފިއެވެ.

Ads by MWSC

ކާށިދޫ ފަރަށް އަރާފައިވަނީ އަލިތަރި ނަމަކަށް ކިޔާ ދޯންޏެކެވެ. މިދޯނި ފަރަށް އަރާފައިވަނީ ރޭ 21:15 އެހާއިރުއެވެ. ފަރަށް އެރުމުގެ ސަބަބުން ދޯންޏަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އަލިތަރި ދޯނި ފަރަށް އެރި އިރު މި ދޯނީގައި 3 ރެޑްބުލް ކޮންޓެއިނަރު ހުއްޓެވެ. އޭގެ ތެރެއިން ހަލާކުވެ ފަޅައިގެން ގޮސްފައިވަނީ އެއް ކޮންޓެއިނަރެވެ. އެކޮންޓެއިނަރު ފަޅައިގެން ގޮސް ކާށިދޫ ފަޅު ތެރެއަށް ރެޑްބުލް ކޭސްތައް ދޫވުމުން އެ ރަށުގެ ރައްޔިތުން ވަނީ އެ ކޭސްތައް ނަގައި އެއްގަމަށް އަރުވައިފައެވެ.

އޮންލައިން ނޫސްވަގުތުއަށް މައުލޫމާތު ދެމުން އެދޯނީގެ އެއް ހިއްސާދާރު ބުނެފައިވަނީ އެ ދޯނި ފުން ނުކުރެވިގެން އުޅެނިކޮށް ދޯނިން ވަނީ 2 ކޮންޓެއިނަރު ބޭރަށް ގޮސްފައި ކަމަށެވެ. އަދި މިއަދު ހުކުރު ވަގުތު ދެން އޮތް ކޮންޓެއިނަރު ބޭރަށް ގޮސް އޭގެން އެއް ކޮންޓެއިނަރުގެ ދޮރުފަތް ނެއްޓުނުކަމުގައި އޭނާ ބުންޏެވެ.

އަދި ހަމަ އެހެންމެ މި ހުރިހާ ކަމެއް ވެސް ދިމާވީ އެ ދޯނި ފުން ކުރުމަށް ޓަކައި ބާޖަކާއި ދޯންޏެއް، އެ ދޯނި ފަރަށް އެރި ތަނަށް ގޮސް  މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ.

އެ ރެޑްބުލްތައް ނުހޮވުމަށް ފުލުހުން ވެސް  ކާށިދޫގެ ރައްޔިތުންނަށް އެންގި ކަމުގައި އޭނާ ބުނެފައި ވެއެވެ. އެހެން ނަމަވެސް ކާށިދޫ މީހުން ވަނީ އެއްވެސް ވަރަކަށް ހުއްދަ ނުހޯދައި އެތަކެތި ހޮވާފައި ކަމުގައި ވެސް އޭނާ ބުންޏެވެ.

އަޅުގަނޑުމެންވެސް އެ ދޭށޭ ބުނީމަ އަޅުގަނޑުމެންނާއި، ދިމާލަށް މި ބުނީ 100 ރުފިޔާއަށޭ ވިއްކާލާނީ ތި މީހުންނަށް، އަޅުގަނޑުމެން މިއީ އެ މުދާ އުފުލިމީހުން. ކުޅުދުއްފުށިން މާލެ، ޔޫރޯ ސްޓޯރގެ މުދާތަކެއް އެއީ، އަޅުގަނޑުމެންް އެ މުދާ އުފުލި މީހުން ގޮސް ބުނީމަ، އެރަށު މީހުން މި ބުނަނީ ލާރި ދޭށޭ، ލާރިދިނީމައޭ، މި ކޭސްތައް ދޭނީ" އޭނާ އިތުރަށް ބުނެފައި ވެއެވެ.

އަދި ހަމަ އެހެންމެ މިފަދަ ހާދިސާއެއް ހިނގުމުން ދޯނީގެ ވެރިން ވެސް ތިބީ ވަރަށް ކަންބޮޑުވެފައި ކަމުގައި ވެސް އޭނާ ބުންޏެވެ.

އެދޯނީގެ ވެރި ފަރާތަށްވެސް އެތައް ބަޔަކު އެ ރެޑްބުލް ކޭސްތަކާ ގުޅޭގޮތުން ގުޅި ކަމަށް ދޯނީގެ ވެރިފަރާތުން ބުނެއެވެ. އެ ރެޑްބުލް ކޭސް ތަކަކީ ޔޫރޯ ސްޓޯރގެ އެއްޗެއް ކަމުން ހަދާނެ ގޮތަކާއި މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށް ގުޅި މީހުންގެ ގާތުގައި ބުނެފައިވާނެ ކަމަށްވެސް ބުންޏެވެ.

Ads by PNC
  1. ރައުފް

    ބައެއްގ މުދަލެއ ހުއްދަނެތ ނެގުނ ޙަރާމ ތިމާކަނ ބޮނީީ ޙަލާލްތަކެތ ކަމުގައ ވާންޖެހޭނ ޙަރާމްތަކެތ ވަންނަނ ނަރަކައަށް