އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އިންޑިއާަށް އިސްކަންދޭ މިންވަރު އެނގެން ޖެހޭ: މަވޯޓާ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ޚާރިޖީ ސިޔާސަތުގައި އިންޑިއާއަށް އިސްކަންދޭ މިންވަރު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ "އިންޑިޔާ ފަސްޓް" ނުވަތަ އިންޑިއާއަށް އިސްކަން ދިނުމުގެ ސިޔާސަތެއް ގެންގުޅުއްވާފައި ކަމަށާއި، ދެ ޤައުމުގެ ގުޅުމަކީ މިސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމުގައި މުހިއްމު ދައުރެއް އަދާކުރާ ގުޅުމެއް ކަމަށެވެ.
ޝަރީފު ވިދާޅުވީ ރައީސް ސާލިޙު ފިޔަވައި އެހެން އެއްވެސް ކެންޑިޑޭޓަކު އެ ބޭފުޅެއްގެ ޚާރިޖީ ސިޔާސަތު ހާމަ ނުކުރައްވާ ކަމަށެވެ.
އޭނާ މިހެން ވިދާޅުވިއިރު، ރައީީސް ޞާލިޙުގެ ސަރުކާރުން، އިންޑިއާއާއެކުގައި މާ ގާތް ގުޅުމެއް ބާާއްވަމުން އަންނާތީ، އިދިކޮޅުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ޑިމޮކްރަސީއާއި އިޤްތިސާދީގޮތުން އަދި ސަލާމަތީގޮތުން އިންޑިއާގެ ދައުރު މި ސަރަހައްދުގައި ބޮޑުކަމަށެވެ.
އޭއި ބަލަ ޝަރީފު މޮޔަމީހާ ކަލޭ އިންޑިޔާ ޖީބައް ލައިގެން(މަރުނުވާނެކަމަ) ނިކަންހުރެބަލާށެވެ ކަލޭޭމަރުވާނެ އެއީހަމަޔަގީންކަމެއް.