ރެސިޕީ

ދެން ރެސިޕީ | ލަޒާނިއާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

1/4 ޖޯޑު އޮލިވް އޮއިލް

Ads by Sosun Fihaara

500 ގްރާމް ލަޒާނިއާ

500 ގްރާމް ޗީޒް (ތުނިކޮށް ކޮށާފައި)

1 ޖޯޑު ޕާމޭސަން ޗީޒް (ގާނާފައި، މައްޗަށް އެޅުމަށް)

2 ފިޔާ (ތުނިކޮށް ކޮށާފައި)

2 ލޮނުމެދު (ގާނާފައި)

1 ކިލޯ ބޯންލެސް ކުކުޅު (ކުދިކޮށް ކޮށާފައި)

2 ޖޯޑު ޓޮމާޓޯ ސޯސް

5 ޖޯޑު ޕީލްޑް ޓޮމާޓޯ

2/1 1 ޖޯޑު ޓޮމާޓޯ ޕިއުރީ

2/1 ޖޯޑު ފެން

2/1 1 ސައިސަމުސާ ލޮނު

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ ބޭސިލް

2 ބޭ ލީވްސް

2 ޖޯޑު މަޝްރޫމް (ކޮށާފައި)

2 ސައިސަމުސާ ހަކުރު

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތެއްޔެއް އުދުންމައްޗަށް އުދާލުމަށްފަހު އޮލިވް އޮއިލް އަޅާލާށެވެ. ހޫނުވީމާ ލޮނުމެދު ، ފިޔާ އެއްކޮށް އަޅާލާފައި މޯޅިވީމާ ކުކުޅު ކޮޅު އަޅާލާށެވެ.

ކުކުޅުކޮޅު ކެއްކުނީމާ ޓޮމާޓޯ ސޯސް، ޕިއުރީ އަދި ސޯސްގެ ހުރި ބާވަތެއް އެއްކޮށްފައި ސޯސްގަނޑަކަށް ވަންދެން ކައްކާފައި ބޭ ލީވްސްކޮޅު ނަގާލާށެވެ.

ދެން ބޮޑު ތެއްޔަކަށް ފެން އަޅާފައި އުނދުންމައްޗަށް އުދާލާށެވެ. 1/3 ޖޯޑު އޮލިވް އޮއިލް ވެސް އެއްކޮށްފައި ކެކިގަތީމާ ލަޒާނިއާ ފަހަރަކު ސީޓެއް އަޅަމުން ތަތްނުލަވާ ގޮތަށް އަޅާފައި މަޑުވަންދެން ކެކުނީމާ ނަގާފައި އޮލިވް އޮއިލް އެއްކޮށްފައި ބަހައްޓާށެވެ.

ދެން ސޯސްގަނޑު ނަގާފައި ލާޒާނިއާ ބޭކިން ޓްރޭއެއްގައި ފަހަރަކު ފޮއްޗެއް ލޭޔަރަކަށް އަތުރާލާފައި ސޯސް މަތީގައި ފަތުރާލާފައި މައްޗަށް ޗީޒް ވިއްސާލާފައި މިގޮތަށް ލޭޔަރު ލޭޔަރަށް ދެބައި ހުސްވަންދެން ހަދާފައި އެއް ގަޑި އިރުވަންދެން އަވަނުން ފިހެލާށެވެ.

Ads by Allied Insurance
  1. ކަތީބު

    ބީފް މާ ސަޅިވާނެ