ހޯރަފުށި އެއާޕޯޓު އޮކްޓޯބަރު މަހަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ: އެމްޓީސީސީ

ހއ. ހޯރަފުށީގައި ހަދަމުން އަންނަ އެއާޕޯޓު އޮކްޓޯބަރު މަހަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފިއެވެ.
އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓުގައި ތާރު އެޅުމަށް ބޭނުންވާ ސަމާނު މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ. އެގޮތުން އެމްޓީސީސީން ބުނީ ތާރު އެޅުމަށް ބޭނުންކުރާ ކޮމްޕެކްޓަރާއި ޑަބަލް ޑްރަމް އަދި އެހެން ސާމާނު އިއްޔެ އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
ކޮވިޑް19ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިނަމަވެސް މި މަސައްކަތް ބާރަށް ކުރިއަށްދާ ކަން ފާހަގަކޮށް އެމްޓީސީސީން ބުނީ އަމާޒަކީ އޮކްޓޯބަރު މަހުގެ ނިޔަލަށް މި ޕްރޮޖެކްޓު ނިންމާލުން ކަމަށެވެ.
ހޯރަފުށީ އެއާޕޯޓު ހަދަން، އެ ރަށު ފަޅުތެރެއިން ވަނީ 345،500 އަކަ މީޓަރު ހިއްކާފައެވެ. ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނާނެއެވެ.