ކުޑަރިކިލު މަސްވެރިއަކު ބޭނި މަހެއްގެ ބޮލުގައި ﷲ ގެ އިސްމުފުޅު

ބ. ކުޑަރިކިލު މަސްވެރިއަކު ބޭނި މާނިޔާ މަހެއްގެ ބޮލުގައި މާތް ﷲ ގެ އިސްމުފުޅު ލިޔެވިފައިވަނިކޮށް ފެނިއްޖެއެވެ.
ދަައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި މަހުގެ ބޮލުގައި ވަރަށް ރީތިކޮށް ސާފުކޮށް މާތް ﷲގެ އިސްމުފުޅުވަނީ ލިޔެވިފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިމަސްބޭނީ ބ. ކުޑަރިކިލަށް ނިސްބަތްވާ ދޯންޏެއް ކަމަށްވާ ރަހްމަތު 5 ދޯނީގެ މަސްވެރިއެއް ކަމަށްވާ އަހުމަދު ރުޝްދީއެވެ. އަދި އޭނާ މިމަސްބޭނީ ބ. އަތޮޅު "ރޯޔަލް ހާ" އޭ ކިޔުނު ސަރަހައްދުންނެވެ.
ރާއްޖޭގައި ދޭތެރެ ދޭތެރެއިން މަސް މަހުގެ މާތް ﷲ ގެ އިސްމުފުޅު ލިޔެވިފައިވާވެއެވެ. އަދި މީގެ އިތުރުންވެސް ބައެއްފަހަރު ބައެއް މޭވާއާއި ތަރުކާރީ ފަދަ ތަކެތީގައިވެސް މާތްﷲ ގެ އިސްމުފުޅު ލިޔެވިފައިވަނިކޮށް ވަނީ ފެނިފައެވެ.