ޚަބަރު ސިޔާސީ

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ފިނޭންްސްގައި އެދިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދަޢުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ އިލެކްޝަންސްއިން ހުއްދަދީފައިވާ ޕާޓީތަކަށް ދޫކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީ އަށް ފޮނުއްވައިފިއެވެ.

Ads by Sosun Fihaara

މި އަހަރު ފައިސާ ދޫކުރަން ޝަރުތުހަމަވީ ފަސް ސިޔާސީ ޕާޓީ އަކަށެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އަދި ޢަދާލަތު ޕާޓީ ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި އެމްއެންޕީ އަށް ފައިސާ ދޫކުރަން އެދިފައި ނުވަނީ އެ ޕާޓީން ހުށަހެޅި މުހިއްމު ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީއެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރު ވެސް އެންމެ ބޮޑު ބަޖެޓެއް ލިބެނީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށެވެ.

އެ ޕާޓީ އަށް 14.2 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ އިރު ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޕީޕީއެމަށް 9.5 މިލިއަން ރުފިޔާ ލިބޭނެއެވެ. ޖުމްހޫރީ ޕާޓީ އަށް 5.6 މިލިއަން ރުފިޔާ ލިބޭ އިރު، އެމްޑީއޭ އަށް ލިބޭނީ 2.5 މިލިއަން ރުފިޔާއެވެ. އަދި އަދާލަތަށް 2.4 މިލިއަން ރުފިޔާ ލިބޭނެއެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ދަޢުލަތުގެ ބަޖެޓުން 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައެޅި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!