މާލެ ފެހި ކުރުމުގެ މަސައްކަތަށް ސަރުކާރުން ހުރަސް އަޅާކަމުގެ ތުހުމަތު

މާލެ ސިޓީ ފެހި ކުރުމަށް ސިޓީ ކައުންސިލުން ކުރަމުން ދާ މަސައްކަތައް ސަރުކާރުން ދަނީ ހުރަސް އަޅަމުން ކަމަށް މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިއަދު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ގަސް އިންދުމާއި މާލެ ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ ކިބައިން ފެންނަނީ ގަސްތައް ކަނޑާ ހުސްކުރަމުން ދާތަން ކަމަށެވެ.
"މާލެ ސިޓީ ކައުންސިލުން ގަސް އިންދުމާއި މާލެ ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުގެ ކިބައިން ފެންނަނީ ގަސްތައް ކަނޑާ ހުސްކުރަމުން ދާތަން. އަމީނީ މަގުގެ ގަސްތައް އެއްކޮށް ނަގަމުންދަނީ މާލެ ސިޓީ ކައުންސިލް އިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް." މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީގެ ތަރައްޤީއާއި ކުރިއެރުމަށް ސިޓީ ކައުންސިލުން ކުރައްވަމުން ގެންދާ މަަސައްކަތްތަކަށް ސަރުކާރުން އުނދަގޫކޮށް ހުރަސް އަޅާ ކަމުގެ ތުހުމަތު މާލެ ސިޓީ ކައުންސިލުން މީގެ ކުރިންވެސް ވަނީ ކޮށްފައެވެ.