Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެން ރެސިޕީ: އެގް އެންޑް ޗީޒް ސޭންޑްވިޗް

ދެން ރެސިޕީ: އެގް އެންޑް ޗީޒް ސޭންޑްވިޗް

ބޭނުންވާ ތަކެތި:

1 ޕާން 1 މަސްދަޅު 2 ފިޔާ ( ކުދިކޮށް ކޮށާފައި ) 1 ސައި ސަމުސާ ތެޅިމިރުސް 1 ސައިސަމުސާ އަސޭމިރުސް 2/1 ސައިސަމުސާ ގިތެޔޮމިރުސް ( ކުދިކޮށް ކޮށާފައި ) 3 ސައި ސަމުސާ މަޔޮނައިސް 6 ބިސް ( ކައްކާފައި ކުދިކޮށް ކޮށާފައި ) 2 ސައި ސަމުސާ ލުނބޯ ހުތް ރަހަލާވަރު ލޮނުކޮޅެއް ބަޓަރ ކޮޅެއް 20 ފޮތި ސްލައިސް ޗީޒް

ތައްޔާރުކުރާނެގޮތް:

ތައްޓަކަށް ކޮށާފައި ހުރި ފިޔާކޮޅު އަޅާ ލުނބޯހުތް ޖަހައިގެން ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މިރުސް، މަސް، އަސޭމިރުސް، ތެޅިމިރުސް، މަޔޮނައިސް އަދި ރަހަލާވަރު ލޮނުކޮޅެއް އަޅައި، ރަނގަޅަށް މޮޑެލާށެވެ. ދެން ކައްކާ ކޮށާފައި ހުރި ބިސްކޮޅުއަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ޕާން ފޮތިތަކުގައި ބާޓާރ ހާކައިލާށެވެ. އަދި އެއްފޮތި މައްޗަށް މޮޑުނު މަސްގަޑުން މަސްކޮޅެއް އަޅައި، ސަމުސަލަކުން ރަނގަޅަށް އެއްވަރުކޮށްލުމަށްފަހު މަތީގައި ސްލައިޑް ޗީސް ފޮތި ބާއްވާލާފައި އަނެއް ޕާން ޕޮތިވެސް މަތީގައި ބާއްވާލާފައި ބަޓަރުކޮޅު ވިރެންދެން ދެފުށް ކުޑަކޮށް ޗޮކްލެޓް ކުލަ އަރަންދެން ފިހެލާލާށެވެ. ނުވަތަ ހޫނު ކޮށްލާށެވެ. ރަނގަޅަށް ފިހެވުމުން ސޭންޑްވިޗް ގޮތަށް ޕާންފޮތި ކަފާލާށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް