އުޅަނދެއްގައި ރޯވެ، ވީއައިއޭގައި އަލިފާނުގެ ހާދިސާއެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
އަލިފާން ރޯވީ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫޢު ހިންގާ ޗައިނާގެ ކުންފުނި، ބީޔޫސީޖީގައި ބޭނުންކުރާ ތާރު އަޅާ އުޅަނދެއްގައެވެ.
މި ހާދިސާ ހިނގައިފައިވަނީ އެއާޕޯޓުގެ ޓާމިނަލާ ދުރުން ޕަވާ ހައުސް ކައިރީގައެވެ.
ރޯވި އަލިފާންގަނޑު ނިއްވާލައިފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.