ދެން ރެސިޕީ: ނޯ ބޭކް ޗޮކްލެޓް ކޭޭކް

ބޭނުންވާ ތަކެތި
100 ގ އޯރިއޯ ބިސްކޯދު ( ކްރީމް ކޮޅު ނަގާފަ)
50 ގ ބަޓަރ
500 މލ ކިރު
250 މލ ވިޕިން ކްރީމް
300 ގ ޗޮކްލެޓް
100 ގ ހަކުރު
15 ގ ޖެލެޓިން
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ބިސްކޯދު ކޮޅު ބްލެންޑާއިން ހިމުން ކޮށްލާށެވެ. ދެން ބަޓާކޮޅު ދިޔާކޮށްލުމަށްފަހު ބިސްކޯދުކޮޅާ އެއްކޮށްލާ ޓްރޭއެއްގައި ރީތިކޮށް ފަތުރާލާފައި ބަހައްޓާށެވެ.
ކޭކު ތައްޔާރުކުރުމަށް ކިރާ، ވިޕިން ކްރީމް އަދި ޗޮކްލެޓްކޮޅު އެއްކޮށްލުމަށްފަހު ޗޮކްލެޓްކޮޅު ވިރެންދެން މަޑު ގިނީގައި ހާކާލާށެވެ. ޗޮކްލެޓްކޮޅު އެއްކޮށް ވިރުމުން ޖެލެޓިން ކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އުދުންމަތިން ބަލާ މިކްޗަރ ޓްރޭތެރެއަށްއަޅާ ހިހޫވުމުން ފްރިޖްގައި 6-12 ގަޑިއިރު ވަންދެން ބެހެއްޓުމަށްފަހު ސާރވް ކުރާށެވެ.