ލައިފްސްޓައިލް

ދެން ރެސިޕީ: ޗިކަން ޕިއްޒާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބޭނުންވާނެ ތަކެތި:

Ads by STELCO

▪︎1 ޕިއްޒާ ބްރެޑް

▪︎ 1 1/2 ޖޯޑު ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފަ)

▪︎ 1/2 ޖޯޑު ޗިލީ އެންޑް ގާރލިކް ސޯސް

▪︎ 1/2 ޖޯޑު ޓޮމާޓޯ ސޯސް

▪︎ 1/2ސައި ސަމުސާާ މުގުރި އަސޭމިރުސް

▪︎ 2 ޓޮމާޓޯ ފޮތި ފޮތި ފޮތި ކޮށްފައި

▪︎ 1/2 ޖޯޑު ޕީލްޑް ޓޮމާޓޯ

▪︎ 2 ފިޔާ (ހިމުން ކޮށާފަ)

▪︎ 2 ލޮނުމެދު (ގާނާފަ)

▪︎ 1 1/2 ޖޯޑު މޮޒޮރެއްލާ ޗީޒް (ގާނާފަ)

▪︎ 2 ކެޕސިކަމް (ކަރުނަގާ ކުދި ކުދިކޮށް ކޮށާފަ)

▪︎ 1 ޗިކަން ކިއުބް

▪︎ ލޮނު

▪︎ ބަޓަރ

▪︎ބޭނުމިއްޔާ ކުޑަ ގިތެޔޮމިރުސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ތަވާ އުނދުން މައްޗަށް ކުޑަ ތެޔޮފޮދެއް އެޅުމަށްފަހު ހޫނުވީމާ ފިޔާ، ކެޕްސިކަމް، ކުކުޅުމަސް، އަދި ލޮނުމެދުކޮޅު އަޅާފައި ފިޔާކޮޅު މޯޅިވެ ޗިކަންކޮޅު ރޯފިލަންދެން ދޭފަތުން ހަލަމުން ކައްކާލާށެވެ.

ދެން އޭގެތެރެއަށް އަސޭމިރުސް ޕީލްޑް ޓޮމާޓޯ، ޗިކަން ކިއުބް، ޓޮމާޓޯ ސޯސް، ޗިލީ ސޯސް، އަޅާފައި މަސްގަނޑު ރަނގަޅަށް ކައްކާލާށެވެ.

އެއަށްފަހު ލޮނު ހެޔޮވަރު ކޮށްފައި އުނދުން މަތިން ބާލާށެވެ.

ޕިއްޒާ ބްރެޑް މަތީގައި ބަޓަރު ކޮޅެއް ހާކާފައި މަސްގަނޑު ފަތުރާލުމަށްފަހު މަސްގަނޑު މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާފައި މަތީގައި ޗީޒް ވެސް ފަތުރާލާށެވެ.

ދެން އަވަންގައި ޗީޒް ދިޔާވަންދެން ފިހެލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!