ރޮޒައިނާ ނަޝީދަށް:އެމްޑީޕީއަކަށް ތިކަހަލަ ރައީސެއް ބޭނުމެއްނުވޭ

އެމްޑީޕީއަކަށް "ތިކަހަލަ" ރައީސެއް ބޭނުންނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ގެންދަވަނީ ޕާޓީގެ އާންމު މެންބަރުން 17 އަހަރުވަންދެން ކުރިމަސައްކަތް ބޮލައިލައި ޖަހާފައި، އަމިއްލަ އެދުމައިގެން ދުނިޔޭގަ ލެއްވިހާ "ހަޑިއެއްހާވަމުން" ކަމަށެވެ.
"މިއޮތީ އެމްޑީޕީގެ ރައީސްއަށް ހުރެގެން އަންނި ހާވާފަ ހުރި ހަޑި! ޑިމޮކްރަސީގެ ބައްޕަޔޯ! ޕާޓީގެ އާންމު މެންބަރުން 17 އަހަރުވަންދެން ކުރި މަސައްކަތް ބޮލާލާ ޖަހާފަ އަމިއްލަ އެދުމައިގެން ދުނިޔޭގަ ލެއްވިހާ ހަޑިއެއްހާވަމުން މި ވަޑައިންނަވަނީ! އެމްޑީޕީއަކަށް ތިކަހަލަ ރައިސެއް ބޭނުމެއްނުވޭ!" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަށް ކާމިޔާބުކޮށްދެއްވުމަށް އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާތީ އެބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވުމާއި ގުޅިގެންނެވެ.