ދެން ރެސިޕީ: ޗޮކްެޓް މޫސް ކޭޭކް

ބޭނުންވާނެ ތަކެތި:
▪︎ 1 ލީޓަރު ކިރު (ފުލް ކްރީމް މިލްކް)
▪︎ 100 މިލިމީޓަރު ހެވީ ކްރީމް
▪︎ 50 ގްރާމް ކޮކޯ ޕައުޑަރ
▪︎ 50 ގްރާމް ސްޓާޗް (ނުވަތަ ޒުވާރި ފުށް)
▪︎ 150 ގްރާމް ހަކުރު
▪︎ 300 ގްރާމް ޑާކް ޗޮކޮލެޓް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކިރު، ހެވީ ކްރީމް، ކޮކޯ ޕައުޑަރ، ސްޓާޗް އަދި ހަކުރު ބޯތައްޓެއްގައި އެއްކޮށް ގިރާލާށެވެ. ދެން ޓްރޭ އެއްގެ ތެރެއަށް ކުރިން އެއްކުރި ތަކެތި ފުރާނާލުމަށްފަހު، ޓްރޭ އުނދުންމައްޗަށްލާފައި މަޑު ގިނީގައި ކައްކާލަމުން އޭގެ ތެރެއަށް ޑާކް ޗޮކްލެޓްކޮޅު އަޅާލާށެވެ. ޑާކް ޗޮކްލެޓްކޮޅު އެއްކޮށް ވިރެންދެން ކައްކާލުމަށްފަހު އެހެން ޓްރޭއެއްގެ ތެރެއަށް އެއްކުރި ފުށްގަނޑު އޮއްސާލާށެވެ. ދެން ތައްޔާރު ކުރި ޗޮކްލެޓް ފުށްގަނޑު ހަތަރު ގަޑިއިރު ވަންދެން ފްރިޖަށްލުމަށްފަހު ނެގުމުން ޗޮކްލެޓް މޫސް ކޭކް ތައްޔާރު ކުރެވުނީއެވެ. ބޭނުންނަމަ ކޭކުގެ މައްޗަށް ކޮކޯ ޕައުޑަރ ނުވަތަ މައިލޯ ކޮޅެއް ވެސް އެޅިދާނެއެވެ.