ކަރަންޓް އިޤްތިޞާދު ކުރަން ސްޓެލްކޯގެ އިލްތިމާސެއް

ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރުމަށް ސްޓެލްކޯއިން މިއަދު އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ މިހާރު މި ހިނގަނީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރަށް ވާތީ ކަރަންޓް ބޭނުން ކުރުމުގައި ސަމާލުކަން ދޭން އެދޭ ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ އޭޕްރީލް އަދި މެއި މަހަކީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްތަކަށް ވާތީ މި ދުވަސްވަރު ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އެ މެސެޖްގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ރޯދަ މަސް ކަމުން ވެސް ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކޮންމެ އަހަރެއްގެ ވެސް ހޫނު ގަދަ ދުވަސްވަރު ކަރަންޓު ބިލް ވަރަށް ބޮޑުވެއެވެ.