ޚަބަރު ސަރުކާރު

މިއަހަރު ރާއްޖެއިން މީހުން ހައްޖައް ގެންދިޔުމުގެ ހުއްދަ 3 ކުންފުންޏަކަށް ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އުމްރާއަށް ދިޔަ ދިވެހިންތަކެއް

މިއަހަރު ރާއްޖެއިން މީހުން ހައްޖައް ގެންދިޔުމުގެ ހުއްދަ 3 ކުންފުންޏަކަށް ދީފިއެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި ހައްޖު ކޯޓާ ދީފައިވާ 3 ކުންފުންޏަކީ

  • އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު - 75،250 ރުފިޔާ
  • ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑު - 75،465 ރުފިޔާ
  • އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑު - 75،000 ރުފިޔާ

މިއިން ކޮންމެ ކުންފުންޏަކަށް 90 ހައްޖު ކޯޓާ ވަނީ ދީފައެވެ.

އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނީ ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެއް ކަމަށެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 ކޯޓާވަނީ ލިބިފައެވެ.މިއީ ކޮވިޑް-19 ގެ ހާލަތަށް ފަހު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 ކޯޓާ ލިބުނު ފުރަތަމަ ފަހަރެވެ.ކޯވިޑްގެ  ކުރިން  ޙައްޖުގެ އަޅުކަމަށް ފުރުސަތު ދިން އަދަދަށްް މިއަހަރުގެ ޙައްޖުގައި ފުރުސަތުދޭނެ ކަން ސައުދީ ސަރުކާރުން މިއަހަރު ވަނީ ހާމަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!