ޚަބަރު

އީދު ދުވަހު ސަޔަށް ތައްޔާރު ކުރަންވީ، ޖަޕަނީސް ސްޕޮންްޖް ކޭޭކް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޭނުންވާތަކެތި:

80 ގްރާމް ބަޓާރ

Ads by Sosun Fihaara

110 މލ މިލްކް

110 ގްރާމް ކޭކް ފުއް

1 ބިސް

7 ބިހުގެ ގޮބޮޅި

ސްޕޮންޖް ހެދުމަށް:

7 ބިހުގެ ގޮބޮޅި

3/1 ސައިސަމުސާ ލޮނު

1 ސައިސަމުސާ ލުނބޯ ހުތް

160 ގްރާމް ހަކުރު

ތައްޔާރު ކުރާނެ ގޮތް:

ޓްރޭ ތައްޔާރު ކޮށްލާފައި އެއްކައިރީގައި ބަހައްޓައިލާށެވެ. ތެއްޔަކަށް ބަޓަރ ކޮޅާއި މިލްކް އަޅައިގެން މަޑުގިނީގައި ބަޓަރުކޮޅު ރަނގަޅަށް ގިރެންދެން ހޫނުކޮށްލާށެވެ.

ބަޓަރުކޮޅު ރަނގަޅަށް ގިރުމުން އުނދުން މަތިން ބޭލުމަށްފަހު ކޭކް ފުށް އަޅައި ރަނގަޅަށް ގިރައިލާށެވެ. ކޭކް ފުށް ރަނގަޅަށް ގިރުމުން އެއް ބިސް، 7 ބިހުގެ ގޮބޮޅި އަޅައި ރަނގަޅަށް ގިރާލާފައި އެއްކައިރީގައި ބަހައްޓައިލާށެވެ.

އެހެން ތައްޓެއްގައި ހަތް ބިހުގެ ހުދުބައި އަޅައި، ފޯމަށް ވަންދެން ގިރައިލާށެވެ. ރަނގަޅަށް ފޯމަށް ވުމުން ލޮނު، ލުނބޯހުތް އަޅައި، ރަނގަޅަށް ގިރައިލާށެވެ. އެއަށްފަހު ހަކުރުކޮޅުއަޅައި، ރަނގަޅަށް ގިރައިލާށެވެ.

ކުރިން ގިރި ކޭކް ފުށް ތެރެއަށް މަދު މަދުން ފޯމްތައް އަޅަމުން އެއްކޮށްލާށެވެ. އެއްކޮށް އެއްވީމައި، ޓްރޭއަށް އަޅައި، ރަނގަޅަށް އެއްވަރުކޮށްލާށެވެ.

ކޭކް އެޅި ޓްރޭ އަށް ވުރެ ބޮޑު ޓްރޭއަކަށް ކޭކް އެޅި ޓްރޭލާފައި ދަށުގައި އިން ޓްރޭއަށް ފެން އަޅައި، އަވަން 150 ޑިގުރީގައި ފިހެލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!