ޚަބަރު

އުރީދޫން މި ޢީދަށް ޚާއްސަ އޮފަރތަކެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދު ފާހަގަކުރަމުން އަންނަ ފިޠުރު ޢީދުގެ މުނާސަބަތުގައި، އުރީދޫ މޯލްޑިވްްސްއިން ޚާއްސަ އޮފާތަކެއް ތަޢާރަފު ކޮށްފިއެވެ.

Ads by Hajj Corporation

އުރީދޫގެ މޮބައިލް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ތަޢާރަފުކުރި އައު ދެ އެޑް-އޮން ޕެކަކީ 3 ދުވަހަށް 100 ޖީބީ ލިބޭ ޗުއްޓީ ޕެކް އަދި 30 ދުވަހަށް 70ޖީބީ ލިބޭ މަގޭ ޕްލޭން 600 ޕެކްއެވެ.

މި ޚާއްސަ އީދު އޮފަރ މެދުވެރިކޮށް މޮބައިލް ކަސްޓަމަރުން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ގުޅުވާލަދީ މި ބަރަކާތްތެރި މުނާސަބަތުގެ އުފާވެރިކަން ދުރުގައި ތިބޭ ރައްޓެހިންނާއި ޢާއިލާއާ ޙިއްޞާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ.

100 ޖީބީ 3 ދުވަހަށް ލިބޭ ޗޫޓީ ޕެކް 100 ރުފިޔާއަށް ލިބޭއިރު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޕެކް އެކްޓިވޭޓް ކުރެވޭނެއެވެ.

ޗުއްޓީ ޕެކް އެކްޓިވޭޓް ކުރެއްވުމަށް:

"100 ޖީބީ" ޖެއްސެވުމަށް ފަހު 5555 އަށް އެސްއެމްއެސް ކުރައްވާ، ނުވަތަ*929*1# އަށް ގުޅައިގެންވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް http://ore.do/app ޒިޔާރާތްކޮށްލައްވާށެވެ.

ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް http://ore.do/chutteepack ޒިޔާރާތްކޮށްލައްވާށެވެ.

މަގޭ ޕްލޭން 600 ގެ ޕެކްގައި 30 ދުވަހަށް 70 ޖީބީ 600 ރުފިޔާއަށް ލިބޭއިރު އުރީދޫ ޕްރިޕެއިޑް ކަސްޓަމަރުންގެ އިތުރުން އެކު ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ފަރާތްތަކުންވެސް މި ޕެކް އެކްޓިވޭޓްކޮށްލެވޭނެއެވެ.

މަގޭ ޕްލޭން 600 ޕެކް އުރީދޫ އެޕް http://ore.do/app ނުވަތަ ކުއިކް ޕޭ http://ore.do/magey600 މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ.

މި އޮފާތަކުގެ އިތުރުން އެ ކުންފުނިން ވަނީ މާލެ ސިޓީ ކައުންސިލާ ގުޅިގެން އުރީދޫ ޢީދު ސައި - އީދު ނަމާދަށް ފަހު ކިންގް ސަލްމާން މިސްކިތުގައި ޚާއްސަ ނާސްތާއެއް ބޭއްވުމަށް ރޭވިފައިވެއެވެ.

މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އުރީދޫގެ ޓީމުތަކުން ޢީދު ހަދިޔާ ބެހުމަށް ރާވާފައިވާކަމަށްވެސް އުރީދޫން ހާމަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!