ޚަބަރު ޝަރުޢީ ދާއިރާ

ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރުމުން އެނގެނީ ޝަރުއީ ނިޒާމުގައި ޒާތީވުމާއި ތަފާތުކުރުން ގެންގުޅޭކަން: އާދަމް ޝަރީފު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗައް ކްރިމިނަލް ކޯޓުގައި ހިންގަމުންގެންދާ ޝަރީއަތް މިއަދުވެސް ލައިވް ނުކުރިކަމަށާއި މިކަމުން އެނގެނީ ޝަރުއީ ނިޒާމުގައި ޒާތީވުމާއި ތަފާތުކުރުން ގެންގުޅޭކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝަރީފު ވިދާޅުވީ ފަނޑިޔާރުން ބޭނުން ގޮތަކަށް ޝަރީއަތާއި ބެހޭ ކަންކަން ހިނގާކަންކަމަށެވެ.

"ރައީސް ޔާމިންގެ ޝަރީއަތް މިއަދުވެސް ކްރިމިނަލް ކޯޓުން ލައިވް ނުކުރި، ކުރީގެ ޝަރީއަތް ލައިވް ކޮށްފައި މިފަހަރު ލައިވް ނުކުރުމުން ހާމަވަނީ ޝަރުއީ ނިޒާމުގަައި ތަފާތު ކުރުމާއި ޒާތީ ގޮތްތަކެއް ގެންގުޅޭކަން. ފަނޑިޔާރުން ބޭނުން ގޮތަކަށް ޝަރީއަތާއި ބެހޭ ކަންކަން ހިނގާކަން. ތަފާތު ކުރުން ހުއްޓާލާ" އާދަމް ޝަރީފު ވިދާޅުވިއެވެ.

މެމްބަރު އާދަމް ޝަރީފް ވަނީ ރައީސް ޔާމީންގެ މައްޗައް ކްރިމިނަލް ކޯޓް ހިނގަމުންދާ ފުއްގިރީގެ މައްސަލަ ލައިވް ކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.

އާދަމް ޝަރީފް ވިދާޅުވީ ޝަރީއަތް ލައިވް ކުރުމުން ޖުޑިޝަރީ ނިޒާމުގެ ކަންކަން ހިނގަމުންދާ ގޮތް އާއްމުންނަށް އިނގޭ މިންވަރު ބޮޑުވާނެކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!