ޚަބަރު ސިޔާސީ

ފޯޅަވަހީގެ މިލްކުވެރިކަން އޮންނަން ޖެހޭނީ ދިވެހިންނަށް އެއީ ދިވެހިންގެ ތަނަކަށް ހަދަންޖެހޭ: އާދަމް ޝަރީފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ގައުމަކަށް ފޯޅަވަހި ނިސްބަތްވާކަމަށްވާނަމަ ފޯޅަވަހީގެ މިލްކުވެރިކަން އޮންނަން ޖެހޭނީ ދިވެހިންނަށްކަމަށާއި އެއީ ދިވެހިންގެ ތަނަކަށް ހަދަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިދިކޮޅުން މިރޭ ބޭއްވި "ޗަ ގޯސް" ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ އައްޑު އަތޮޅާއި ފުވައްމުލަކުގެ ރައްޔިތުން ފޯޅަވައްސައް ދަތުރުކުރިކަމަށް މިދެމެދުގައި މުއަމާލަތް ކުރިކަން އަޅުގަނޑުމެންނަށް ތާރީހުން ފެންނަން އެބައޮތް ކަމަށެވެ

"ގައުމަކަށް ފޯޅަވަހި ނިސްބަތްވާކަމަށްވާނަމަ ފޯޅަވަހީގެ މިލްކުވެރިކަން އޮންނަން ޖެހޭނީ ދިވެހިންނަށް އެއީ ދިވެހިންގެ ތަނަކަށް ހަދަންޖެހޭ ތިޔަބޭފުޅުން ތާރީހު ދިރާސާ ކުރައްވާ. އަޅުގަނޑުމެން އެއަތޮޅަކަށްޓަކައި ފަހުރުވެރިވާ އައްޑު އަތޮޅާއި ފުވައްމުލަކުގެ ރައްޔިތުން ފޯޅަވައްސައް ދަތުރުކުރިކަމަށް މިދެމެދުގައި މުއަމާލަތް ކުރިކަން އަޅުގަނޑުމެންނަށް ތާރީހުން ފެންނަން އެބައޮތް" އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސަރުކާރުން މިދިން އަނިޔާ އަޅުގަނޑު ހިތުން ދިވެހި ރާއްޖެއިން އަބަދުވެސް ތަހައްމަލް ކުރަން ޖެހޭނެ ކަމަށާއި މި ބަދަލުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ ދުވަހަކުވެސް ދެން ނުދެވޭވަރުގެ ބޮޑު ގެއްލުމެއްކަމަށެވެ.

"މި ގެއްލުން ދިނުމުގައި އިބްރާހިމް މުހައްމަދު ޞާލިހް އިސްވެ ހުންނަވައިގެން ކުރި ކަންތަކުގެ ސަބަބުން މިގައުމަށް ލިބުނު ގެއްލުމުގައި އަޅުގަނޑުމެން މިއަދު ދަންނަވަން ޖެހެނީ އެމުއްސަނދި ކަމާއި އަޅުގަނޑުމެންނަށް ލިބެން އޮތް ހުރިހާ އިމްތިޔާޒުތަކެއް ދޫކޮށްލުމުގެ ސަބަބުން އިބްރާހިމް މުހައްމަދު ޞާލިހަކީ މިއަދު ދިވެހި ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ހާއިނަކަށް އެބަވޭ" އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ ރައީސް ޞާލިހަކީ މިގައުމަށް މިފަހުގެ ތާރީހެއްގައި މިގައުމަށް އެންމެ ބޮޑަށް ގައްދާރުވި ރައީސް ކަމުގައި ހުންނެވި ބޭފުޅާކަމާއި އެމަނިކުފާނު ނިޒާމުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްގެން ވަކި ކުރަން ޖެހޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!