ޚަބަރު ބޮލީވުޑް

ދަރިފުޅުގެ ނެޕީ ވެސް ބަދަލު ކޮށްދެން: ރަންބީރް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެކްޓަރު ރަންބީރް ކަޕޫރާއި، އެކްޓްރެސް އާލިއާ ބަޓްގެ ދަރިފުޅު ރަހާ އަދި މިހައިތަނަށް އާއްމުންނަށް ފެނިފައި ނުވިޔަސް، އޭނާއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

Ads by Sosun Fihaara

ރަންބީރާ އާލިއާ ރަހާއާ ގުޅޭގޮތުން ހިއްސާ ކުރާ ވާހަކަތަކަށްވެސް އެ ދެމީހުންގެ ފޭނުން ބޮޑު ސަމާލުކަމެއް ދެއެވެ. ކަރީނާގެ ޓޯކް ޝޯ "ވަޓް ވިމެން ވޯންޓް"ގެ އެޕިސޯޑެއްގައި ރަންބީރް ވަނީ ރަހާގެ ބައްޕަގެ ގޮތުގައި އޭނާ ކުރަމުން އަންނަ ތަޖުރިބާއާ ގުޅޭ ބައެއް ވާހަކަތައް ފޭނުންނާ ހިއްސާ ކޮށްފައެވެ.

އެގޮތުން ރަންބީރް ބުނީ، އޭނާ ރަހާގެ ނެޕީ ވެސް ބަދަލު ކޮށްދޭ ކަމަށެވެ. ނަމަވެސް އެންމެ ފުރިހަމައަށް ކުރަން އެނގޭ ކަމަކީ ދަރިފުޅު ވައިލެއްވުމާއި ނިންދެވުން ކަމަށްވެސް ރަންބީރް ވަނީ ބުނެފައެވެ.

މިފަދަ ކަންކަން ކޮށްދޭތީ، އޭނާ އަކީ ރަނގަޅު ފިރިއެއް ކަމުގައި ޤަބޫލުކުރެވޭ ކަމަށްވެސް ރަންބީރް ބުންޏެވެ.

ަރަންބީރް އިތުރަށް ބުނީ، ރަހާ ލިބުނު ދުވަހު އޭނާގެ މުޅި ދިރިއުޅުން ބަދަލުވި ކަމަށާއި، އެއީ ލިބުނު ނިއުމަތެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!