ޚަބަރު

ފަތާ ޓްރެކެއް އެޅުމަށް ރައީސް ޔާމީން އެއްވެސް އިރެއްގައި އެދިފައެއް ނުވޭ: ޑރ. ޖަމީލް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ފަތާ ޓްރެކެއް އެޅުމަށް އެއްވެސް އިރެއްގައި އެދިފައި ނުވާ ކަމަށް، ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖަމީލު މިހެން ވިދާޅުވެފައި މިވަނީ ޔާމީނަށް ފެތުމުގެ ފުރުސަތު ދިނުމުގެ ގޮތުން މާފުށީގައި ޓްރެކެއް ހެދުމަށް ނިންމާފައިވާކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ މައްޗަށް އެތައް ދައުވާތަކެއް އުފުލަމުންދާއިރު، ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުދެއްވާ ޔާމީންގެ އަބުރު ކަތިލުމަށް މިނިސްޓަރު އިމްރާން ކުރައްވަނީ ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

"ރައީސް ޔާމީން ފަތަން ޓްރެކަކަށް އަދި އެހެން ކަމަކަށް ވެސް އެދިފައެއް ނުވޭ. އެންމެންނަށް ވެސް ލިބެންޖެހޭ ހައްގުތައް ލިބެންޖެހޭ" ޖަމީލު ވިދާޅުވިއެވެ.

މާފުށީގައި "ކޮންމެވެސް ވަރެއްގެ" ޓްރެކެއް ހަދައި ފެތޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު ރާއްޖެ މިއޮތް ބަލިމަޑުކަމުގެ ހާލަތުން އަރައިގަނެވުމާއެކު ޓްރެކްގެ މަސައްކަތް ނިންމާނެކަން އިދިކޮޅު ފަރާތްތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!