ޚަބަރު

ޗާގޯސްގެ މައްސަލާގައި ރައީސް ޞާލިޙް ފޮނުވި ސިޓީ ބާތިލްކުރަން ސުޕްރީމް ކޯޓަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ އިމުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by STELCO

މި މައްސަލާގައި އެދިފައިވަނީ ރައީސް ސޯލިހުގެ ސިޓީފުޅު ބާތިލްކޮށް ދިނުމާ އެކު އެ ސިޓީ ހާމަކޮށް، ސިޓީއާ ގުޅޭގޮތުން ކޮށްފައިވާ ހުރިހާ މައުލޫމާތެއް ހާމަކުރުމަށް އަމުރުކުރުމަށެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން، މުހައްމަދު މުސްތާގް އަދި ލ.ކާނަލް (ރޓޑ) ޒުބައިރު އަހުމަދު މަނިކުގެ ނަމުގައެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

Ads by Ooredoo
  1. އެންމެބޮޑު ކަނޑުކޮސް

    އެއްވެރިއަކު އަނެއް ގައުމެއްގެ ވެރިއަކަށް ފޮނުވާފައިވާ ސިޓީއެއް ބާތިލުކުރެވޭނެތަ ސުޕުރީމު ކޯޓަށް ގޮސްގެން!! ސިޓީ އޮތީ އަނެއް ގައުމަށް ގޮއްސަ !!! ދެނޯ؟؟؟