ޗާގޯސް މައްސަލައިގައި ނިންމި ނިންމުން ގަބޫލެއް ނުކުރަން، ދިވެހިންގެ ހައްގުގައި މަސައްކަތް ކުރާނަން: ނާޒިމް
ޗާގޯސް މައްސަލައިގައި ނިންމި ނިންމުން ގަބޫލު ނުކުރައްވާ ކަމަށާއި ދިވެހިންގެ ހައްގުގައި މަސައްކަތް ކުރާއްވާނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލަޔާއި ގުޅޭގޮތުން އެމްއެންޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ ސަލާމަތީ ގޮތުން އަނެއްކާވެސް ރާއްޖެ މިއޮތީ ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.
އަދި ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ނިކަމެތި ކަމެއް ލިބިފައިވާ ކަމަށާއި އެ ނިންމުން ޕާޓީގެ ފަރާތުން ބަލައި ނުގަންނަ ކަމަށެވެ.
“އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ އެޕީލް ކުރުމުގެ ފުރުސަތެއް އެބައޮތް. އަޅުގަނޑުމެން މިދަނީ ހާއްސަކޮށް ރާއްޖޭގަ ތިބި ފުންނާބު އުސް ބޭފުޅުންނާއެކީ މަޝްވަރާ ކުރުމުން ކިހިނެއްތޯ މިކަމުގަ ކުރިޔަށްދެވޭނީ. އަޅުގަނޑުމެން މިކަމެއް ބަލައެއް ނުގަންނާނަން” ނާޒިމް ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ގެ އިތުރުން ޕާޓީގެ ނާއިބް ރައީސް އަހުމަދު އުޝާމް، ނާއިބް ރައީސް އަހުމަދު ޝަރީފް އަދި ނާއިބް ރައީސް ދުންޔާ މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.
ނާޒިމާއި ރިޔާޒާއި އުމަރު ނަސީރުއާއި ތިން މިލިޓްރީ މީހުން ގޮސް ޗާގަޮސްއައި މޮރިސަސް ހިފަން ފެނެއެވެ. ނޫނިއްޔާ އަނެއްކާވެސް ބަޢަވަތެއް ރާވަން ފެނެއެވެ. އަސްލުވެސް ޔާމީނު ނޫނިއްޔަކާ މިމީހުންގެ މައްޗަށް ވެރިކަން ކުރާކަށެއް ކަމަކުނުދެއެވެ.
ޑިފެންސުމިނިސްޓަރަކަށްހުރެޗާގޯސްމައްސަލަހައްލުނުކުރީކީއްވެޗާގޯސްވާހަކަދައްކަންކަލޭމެންލަދުނުގަންނާތީއަހަރެމެންހައިރާންވަން