ޚަބަރު

އިންޑިއާގެ ދިފާއީ ވަޒީރު މިނިސްޓަރު ޝާހިދުއާ ބައްދަލުކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ސިންގ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް އިޚުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Ads by Hajj Corporation

ހޯމަ ދުވަހު ފޮރިން މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ މިނިސްޓަރުން ވެސް ވަނީ ދެގައުމުން ގުޅިގެން ކޮށްފައިވާ މަސައްކަތްތަކާއި، ހޯދައިފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިންޑިއާއިން އަދާކުރާ މުހިންމު ރޯލު މިނިސްޓަރު ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ކުރިއަށްއޮތްތަނުގައި ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް ގުޅިގެން މަސައްކަތްކުރައްވަން ވަނީ އެއްބަސްވެވަޑައިގެންފައެއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅަކީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!