ދުނިޔެ

ގުރައިދޫ އިންތިހާބުގައި ސްޓެލްކޯ އިން ވަޒީފާއެއް ނުބަހާ: ސްޓެލްކޯ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ޝަރީފް/ ފޮޓޯ: ސްޓެލްކޯ

ރައްޔިތުންގެ މަޖިލީހުގެ ‏ގުރައިދޫ ދާއިރާގެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނާއި ދިމާކޮށް ސްޓެލްކޯ އިން ވަޒީފާތަކެއް ބަހާފައި ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ އިންތިހާބާއި ދިމާކޮށް އުސޫލުން ބޭރުން ސްޓެލްކޯއިން 80 ވަޒީފާ އެދާއިރާގެ ރައްޔިތުންނަށް ބަހާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ޝަރީފް ވިދާޅުވީ ނޫސްތަކުގައި ލިޔާ ކޮންމެ ހަބަރަކީ ސައްހަ މައުލޫމާތެއް ކަމުގައި ބަލައިގެން ކުންފުންޏަށް އެކަން އަމާޒު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"ގުރައިދޫ ދާއިރާގެ އިންތިހާބުގައި 80 ވަޒީފާ ސްޓެލްކޯ އިން ނުދެން." ޝަރީފް ވިދާޅުވި އެވެ.

ޕީޕީއެމުން ކޮންޓްރޯލް ކުރަމުން އައި ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒް އެވެ.

މިއީ އެމްޑީޕީގެ ތާރީހުގައި ވެސް ކ. އަތޮޅުގެ ގޮނޑިއެއް އެ ޕާޓީއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!