ޚަބަރު

މާލޭގައި މިރޭ ހަވާ އަރުވަނީ ތިން މިނެޓަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިރޭ މާލޭގައި ހަވާ އަރުވަނީ ތިން މިނެޓަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިރޭ 2100 ގައި، މާލޭގެ އުސްފަސްގަނޑު ސަރަހައްދާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށާއި މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށްގެންދާ ހަރަކާތެއް ކަމަށެވެ.

ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށްނަމަ ހަވާއަރުވައި ދެނީ ކޮންމެ މިނިޓަކަށް  ގާތްގަނޑަކަށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.

ދާދި ފަހުން، މޮޑެލް ކައިޒީންގެ އުފަން ދުވަހުވެސް، އުސް ފަސްގަނޑުގައި ހަވާ އެރުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!