ޚަބަރު އިޖުތިމާޢީ

ޕްރައިވެޓް ވެއިޓިން ރޫމްތަކަކާއެކު އާސަހަރާއަށް ބޮޑެތި އަޕްގްރޭޑްތަކެއް ގެންނަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އާސަހަރާގައި މިހާރު ހުރި ވެއިޓިން އޭރިއާ ތަނަވަސްކޮށް ފަސޭހަމާއެކު އަރާމާއެކު ބޭނުން ކުރެވޭނެ ފަދައިން އަޕްގްރޭޑްކޮށް އިތުރު 3 ޕްރައިވެޓް ވެއިޓިން ރޫމާއެކު އާސަހަރާއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

Ads by Sosun Fihaara

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ، މުހައްމަދު މުއިއްޒު ވިދާޅުވީ އާއިލާއަކަށް ދިމާވާނެ އެންމެ ހިތްދަތި ވަގުތުގައިވެސް އާސަހަރާގައި މީހުން ތިބެން ޖެހެނީ ވަރަށް ހާލުގައިކަމަށެވެ. އަދި ހަމަޖެހިލައިގެން އާއިލާއެކު ތިބެވޭނެގޮތެއް އެތާނގައި ނެތްކަމަށް ޑރ. މުއިއްޒު ފާހަގަ ކުރެއްވި އެވެ.

"ޑިވެލޮޕް ކުރާއިރު ވެއިޓިން ލޯންޖްގައި ނުވަތަ މަޑުކޮށްލައިގެން ތިބޭތަން ތަންކޮޅެއް ރީތިކޮށް ހަދާފަ އޭސީ ކޮށްފަ ހަމަ ރަނގަޅު ސީޓިން ސޯފާ ސީޓިން ގޮތަށް ތަންކޮޅެއް ފަސޭހައިން ތިބެވޭ ގޮތަށް އަދި އޭގެ އިތުރަށް ކުދި ކުދި ކޮޓަރިގޮތަށް ކުދި ކުދި ގުރޫޕްތަކަށް ވަކިން ޕްރައިވެސީ ލިބޭގޮތަށް ދެތިން ކޮޓަރި ހަދަން އެހެންވީމަ ބޮޑު ވެއިޓިން އޭރިއާއަކާއި ތަންކޮޅެއް ކުޑަ 3 ވެއިޓިން އޭރިޔާ ހިމެނޭ ގޮތަށް ވެއިޓިން އޭރިޔާ ހެދުމަށް" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ސަހަރާގައި އަންހެން ބޭފުޅުން ނަމާދު ކުރާ ޖާގަ ވަރަށް ކުޑަކަމަށާއި އެހެންކަމުން އަންހެން ބޭފުޅުންނަށް ނަމާދު ކުރުމުގެ ޖާގަ އިތުރުކުރުމަށާއި އަންހެން ބޭފުޅުންނަށް ހާއްސަ އިސްކުރު ބަރިއެއް ސަހަރާއަށް އިތުރުކުރުމަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.

"އަންހެން ބޭފުޅުން ނަމާދު ކުރާ ޖާގަ ވަރަށް ކުޑަވާނެ އަމުދުން ތަންކޮޅެއް ގިނަ ބޭފުޅުން ޒިޔާރަތްކުރާ ކަހަލަ ދަނޑިވަޅުތަކުގައި ހަމަ ވަރަށް ބޮޑަށް ކުޑަކަމަށް ފާހަގަކުރެވެނީ އެހެންވީމަ އަޅުގަނޑުމެން މިނިންމީ އަންހެން ބޭފުޅުންނަށް ނަމާދު ކުރުމަށް ޖާގަ އިތުރު ކުރުމަށާއި އަދި ޖުމްލަކޮށް ފިރިހެން ބޭފުޅުންނަށްވެސް ހަމަ މިސްކިތުގެ ޖާގަ އިތުރުކުރަން ބޮޑު އިސްކަމެއް މިދިނީ އަންހެން ބޭފުޅުންގެ ޖާގަ ހަމަވަރަށް ކުޑަ ވީމަ އެބަޔަށް ދެން އިތުރު ކަމަކަށް އަންހެން ބޭފުޅުންނަށް ހާއްސަ ވުޟޫކުރާ ޖާގައެއް ނެތް އެހެންވީމަ ވުޟޫ ކުރާ ފެސިލިޓީސް އިތުރުކުރެވޭ އިތުރު ވުޟޫކުރާ ބަރިއެއް ހެދޭނެ" މޭޔަރ ވިދާޅުވިއެވެ.

މޭޔަރ މުއިއްޒު ވިދާޅުވީ މިކަން ކުރާނީ މިހާރު ހުރި އިމާރާތުގެ މައްޗައް ޖާގަ އިތުރުކޮށްގެން ކަމަށާއި މީހުން ވަޅުލާފައި ތިބި ތަނުންނުނަގާނެކަމަށެވެ.

Ads by Allied Insurance
  1. ނިމާލު

    ސިހުރު ހަދާ މީހުންނަށް ހާއްސަ ޕުރައިވެޓް ރޫމް ތަކެއްތަ؟