ޚަބަރު ސިޔާސީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އަޅުގަނޑުކަމަށް ބުނެ ފަތުރަމުން އަންނަނީ ކަނޑައެޅިގެން ދޮގެއް: މުއިއްޒު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކަމަށްބުނެ ފަތުރަމުން އަންނަ މެސެޖަކީ ކަނޑައެޅިގެން ދޮގެއްކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި މިއާ ހިލާފަށް ޑރ. މުއިއްޒާއި ބެހޭގޮތުން ޝޯޝަލް މީޑިއާގައި ދައުރު ކުރަމުން އަންނަ ހަބަރަކީ ހަގީގަތެއް  ނޫންކަމަށާއި ހަބަރެއް އިވުމުން އެހަބަރެއްގެ ތެދު ދޮގު ނުބަލާ ފެތުރުމަކީ ފިތުނަވެރިކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަން ނުކުރެއްވުމަށް އެކަން ކުރާ ފަރާތްތަކަށް ނަސޭހަތްތެރިވަން. އިންޝާ ﷲ ރައީސް ޔާމީން މިނިވަންވެވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކާމިޔާބު ހޯއްދަވާ މިގައުމު ވެއްޓިފައިވާ އަނދަވަޅުން ނަނގަވައި ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދެއްވާނެ" ޑރ. މުއިއްޒު ވިދާޅުވިއެވެ

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް އެޕާޓީން ޓިކެޓް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.

Ads by Ooredoo
  1. ޢެޑްމުންޑޯ

    މުއިއްޒޭ ކޮބާހޭ މައްސަލައަކީ ، މުއިއްޒަށް އަހަރަމެން ތާއީދުކުރަމެ ، ޔާމީން އެއޮތީ ޖަލުގައި ، ޔާމީނަށް މިއަހަރު ސަލާމަތްވުމަކީ ނާދިރުކަމެއް