ޚަބަރު އިޖުތިމާޢީ

"ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުން" މިމަހު 15 ގައި ހަރަކާތްތެރިވާން ފަށަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މި މަހުގެ 15 އިން ފެށިގެން މާލެއާއި ވިލިމާލޭގެ މަގުތައް ބަލަަހައްޓަން މާލެސިޓީ ކައުންސިލްގެ 80 މުވައްޒަފުން މަގުފާރަވެރިން ނުވަތަ ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާން ފަށާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މާލެސީޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުޢިއްޒު ވިދާޅުވީ މަގުފާރަވެރިންނަކީ ކައުންސިލްގެ މިދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި، މި މަޝްރޫޢުގެ މަޤްޞަދަކީ މާލެސިޓީގެ މަގުތަކާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައްލުކުރުން ކަމަށެވެ.

މޭޔަރ ވިދާޅުވީ ގިނަފަހަރު މަގުމަތީގެ ކަންކަން ބަލާނެ މީހެއް ނެތުމުން، މައްސަލަތައް ދިމާވެގެން ރިޕޯޓު ކުރަން ޖެހެނީ އާންމު ފަރާތްތަކުން ކަމަށާއި ސީދާ ކައުންސިލްގެ މުވައްޒަފުން ނުކުމެ މަގުތައް މޮނިޓާ ކުރާނަމަ މައްސަލަތައް މަދުކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ.

މި ސަބަބަށްޓަކައި އެކަން ކުރަން ކައުންސިލުން ނިންމާ ކައުންސިލްގެ 80 މުވައްޒަފުންގެ ޓީމެއް މި މަހުގެ 15 އިން ފެށިގެން މާލެއާއި ވިލިމާލޭގެ މަގުތަކުގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް މޭޔަރ މުޢިއްޒު ވިދާޅުވި އެވެ. އެމީހުން މަގުތަކުގައި ހަރަކާތްތެރިވާނީ އެކަމަށް ޚާއްސަ ޔުނީފޯމެއް އަޅައިގެންނެވެ.

މަގުފާރަވެރިން މަގުތަކުގައި ހަރަކާތްތެރިވާނީ ދެ ޝިފްޓަކަށް ބަހާލައިގެންނެވެ. ރޭގަނޑު 12 އިން 8 އަށް ފިޔަވާ ހުރިހާ ވަގުތެއްގައި މަގުތަކުގައި ޑިއުޓީ ކުރާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

Ads by Ooredoo
  1. މަގުތަކަށް ގޯޅިތަކަށް ކަންމަތި ތަކަށް ކުނިއަޅާ ބޭރުމީހުން ވަރަށްގިނަ އެމީހުން އެކުރާކަން ކަން ހުއްޓުވަން ޖެހޭ !