ޚަބަރު ސަރުކާރު

ދާއޫދަށް ޝަރަފުގެ މެޑަލް ދިން މައްސަލަ ބަލައި ދިނުމަށް ޕޮލިސް ބޯޑުން ރައީސްއަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ލަފާދީފައިވާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގެ މެޑަލް ދެއްވުމުން އެކަން ހިނގިގޮތެއް ބަލައިދޭން ޕޮލިސް ބޯޑުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކިބައިން އެދިއްޖެއެވެ.

Ads by MWSC

މަޢުލޫމާތު ލިބިފައިވާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ރައީސް އޮފީހަށް ހުށަހެޅި އެޝަކުވާ ސިޓީގައި ޕޮލިސް ބޯޑުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ޕޮލިސް ބޯޑުން ލަފާ ދީފައިވާ މީހަކަށް އެފަދަ ޝަރަފެއް ދިނުމުންނެވެ.

ދާއޫދު ހިމެނޭހެން ފުލުހުންގެ އިސް 7 އޮފިޝަލެއް ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ވަނީ ލަފާ ދެއްވައިފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުން 2021 އަހަރު ފާސް ކުރި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެޑެލް އަކީ ފުލުހުންނަށް ދެވޭ މެޑެލްތަކުގެ ތެރެއިން، ޤަވައިދުގައި ދެވަނަ އަށް ދަރަޖަ ކޮށްފައިވާ މެޑެލް އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ކުލަ އަށް ވުރެ ޚާއްސަ ޝަރަފެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!