ޚަބަރު ސަރުކާރު

މިނިސްޓަރު ޝާހިދު ސާރބިއާގައި، މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޝާހިދު ސާބިއާއަށް ވަޑައިގެންފިއެވެ.

Ads by STELCO

މިނިސްޓަރ ޝާހިދު ސާރބިއާގެ ވެރިރަށް ބެލްގްރޭޑަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅަކީ މިމަހުގެ 8 އިން 10 އަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި ސާރބިއާއި ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވާ މުހިންމު ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މިގޮތުން ރާއްޖެއާ ސާބިއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައި ވަނީ ވިސާއާ ގުޅޭ އެއްބަސްވުމަކާއި، ޓްރޭޑް އިންވެސްޓްމަންޓް އަދި އިކޮނޮމިކް ކޯޕަރޭޝަންގެ އެއްބަސްވުމަކާއި، އެއާ ސާވިސަސް އެއްބަސްވުމަކާއި ޑިޕްލޮމެޓިކް އެޑިއުކޭޝަންގެ އިތުރުން ކުޅިވަރުގެ ދާއިރާއިގެ އެއްބަސްވުމެއްގައެވެ.

މިނިސްޓަރު ޝާހިދު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް ސާރބިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!