ޚަބަރު

ޕެންޝަން ފައިސާއިން ހައްޖަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ހައްޖައް ދިޔަ ދިވެހިންތަކެެއް؛ ފޮޓޯ ސަން

ޕެންޝަން ފައިސާއިން ހައްޖަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

ޕެންޝަން އޮފީހުން ވިދާޅުވީ އެ އޮފީހާއެކު އެއްބަސްވުން ޤާއިމުކުރަން، މީހުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ބޭނުންވާ ފަރާތްތައް، މިމަހުގެ 14ވަނަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން އެކަން އެންގުމަށް ހުޅުވާލާފައިވާކަމަށެވެ.

އަދި [email protected] މެދުވެރިކޮށް، ސިޓީ ނުވަތަ އީ-މެއިލްއެއް މެދުވެރިކޮށް އެކަން ޕެންޝަން އޮފީހަށް އެންގޭނެކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެތެރެއިން، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން 336،000 (ތިންސަތޭކަ ތިރީސް ހަހާސް) ރުފިޔާ ޖަމާކުރެވިފައިވާ މީހުންނަށެވެ.

Ads by Allied Insurance
  1. ާއާބިދާ ރަޝީދު

    ފަރުޞު ޙައްޖު ނުވެތިބި މީހުން 3 ލައްކަ ހަމަނުވިޔަސް މި ފުރުޝަތު ދެއްވުން ވަރަށް މުހިއްމު 2 ލައްކަ އެއްވަރު ވުމުން މިފުރުޝަތު ދެއްވުމަށް ވުސްނަވާނެ ކަމަށް ހީކުރަން.
    3 ލައްކަ ހަމަވާނީ ވަރަށް ބޭސިކް މުސާރަ ބޮޑު ބަޔަކަށްވާތީ.

  2. މުކައްބަ

    ބޭނުމެއްނޫން ތިއަފިސާއިން ހައްޖަށް ދާކަށް.އެއީ ކީއްވެކަން އެގޭތަ.ތިޔައީ ނުހައްގުން ރައްޔިތުން ބުރަ މަސައްކަތް ކޮށްގެން ހޯދާ ލާރިކޮޅު ޕަކަޅާ ކޮށްލާތީ.

  3. އިސްމާއިލް

    ތިވަރު ޖަމާވެފަ ހުރ ދިވެހި ރައްޔަތެއް ހިޔެއްނުވޭ މިހާރު ދުނިޔޭގަ ހުރިހެން. ހަމަ ފަލަ ސުރުޚީ އެއް އަޅާލީ..

    • ކަމަނަ

      އޮޅިވަޑައިގެން ތި އުޅުއްވަނީ .. ކިތަންމެ މީހެއް އެބަހުރި

  4. ފާތުން

    ކީއްތަވާނީ 30‘40 އަހަރު ދުވަހު ސަރުކާރަށް ހިދުމަތް ކޮށްފަ ތިބޭމީހުން ނަށް ނަމަވެސް ތަންކޮޅެއް ފަސޭހަކޮށް ތިފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭ ގޮތަށް ހަދާދިނިއްޔާ

  5. ސިޔާމު

    ދެން މިތިބީ ރައްޔިތުން ނެއް ނޫންތަ