ޚަބަރު ސިޔާސީ

އިންތިޚާބަށް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި، ޢަދާލަތުގެ ކެމްޕޭން މެނޭޖަރަކަށް އިޔާދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަންނަ ރިޔާސީ އިންތިޚާބާއި ގުޅޭ ކަންކަމުގައި ޢަދާލަތު ޕާޓީގެ ފަރާތުން ހަރަކާތްތެރިވާނެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި އެޕާޓީގެ ކެމްޕޭން މެނޭޖަރަކަށް އިންތިޚާބަށް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި، ޢަދާލަތުގެ ކެމްޕޭން މެނޭޖަރަކަށް އިޔާދު ހަމަޖައްސައިފިއެވެ.

Ads by STELCO

މިނި ންމުން ނިންމާފައިވަނީ ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 23 ވަނަ ބައްދަލުވުމުގައެވެ.

އެ ޕާޓީން ބުނިގޮތުގައި މިބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ކެމްޕޭނު ވިލަރެސް ކުރުމަށްޓަކައި ސްޓިއަރިންގ ކޮމިޓީގެ ގޮތުގައި 13 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމީޓީއެއް ވަނީ އުފައްދާފައެވެ.

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަދާލަތު ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުޙސއްމަދު ޞާލިހަށް ތާއީދުކޮށް ކޯލިޝަން ހަދާފައެވެ.

މީގެ އިތުރުން އެމްޑީއޭ އިންވެސް ވަނީ ރައީސް ޞާލިހާއެކު ކޯލިޝަން ހަދާފައިކަންފާހަގަކޮށްލެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!