ކުޅިވަރު

ޕޫލް އަދި ބިލިއަރޑް ކުޅުމަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓަރ މަޙްލޫފް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މޯލްޑިވްސް ޕޫލް އަދި ބިލިއަރޑް އެސޯސިއޭޝަނަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ މަޙްލޫފް ވިދާޅުވީ މޯލްޑިވްސް ޕޫލް އަދި ބިލިއަރޑް އެސޯސިއޭޝަނާއެކު ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީގެ މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މި ފެސިލިޓީއާއެކު ބައިނަލްއަގްވާމީ މުބާރާތްތައް ހޯސްޓް ކުރުމުގެ ގާބިލްކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށް މަޙްލޫފް ވިދާޅުވިއެވެ. އެގޮތުން މިފެސިލިޓީ ނިމުމާއެކު ބިލިއަރޑް ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވުމަށް ވެސް ރާއްޖެއިން ބިޑު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ބިލިއަރޑް އެސޯސިއޭޝަންގެ ރައީސް އަދި އެ އެސޯސިއޭޝަންގެ އެކްސްކޯއިން ދެމުންދާ އެހީތެރިކަމަށް މިނިސްޓަރ މަޙްލޫފް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. މިނިސްޓަރ މަޙްލޫފް ވަނީ މި ފެސިލިޓީގެ ކުރެހުންތަކެއް އާއްމުކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!