ޚަބަރު

އިތުރު ލައްކައެއްހާ ޓޫރިސްޓުން ގެންނަން އަމާޒު ހިފައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަހަރު ފެށުނު އިރު އަމާޒަކީ ރާއްޖެ އަށް މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ވިޔަސް މިހާރު އެ އަމާޒު 1.9 މިލިއަނަށް އިތުރުކޮށްފިއެވެ.

Ads by STELCO

އެ އަދަދަށް ރާއްޖެ އަށް މިހާރު ޓޫރިސްޓުން އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށް ބުނީ މި އަހަރު މަދުވެގެން 1.9 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާ އިރު، މި މަހުގެ 10 އާ ހަމައަށް ރާއްޖެ އަށް 36،625 ޓޫރިސްޓުން އައިސްފައިވެ އެވެ. މިހާރު ރާއްޖެ އަށް އެވްރެޖްކޮށް ދުވާލަކު 5،821.4 ޓޫރިސްޓުން އާދެ އެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމަކީ ރަޝިއާ، އިންޑިއާ، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަން، ޗައިނާ، އެމެރިކާ، ފްރާންސް ސްވިޓްޒަލޭންޑް އަދި ދެކުނު ކޮރެއާ އެވެ.

މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން ކަނޑައެޅުއްވި އަމާޒަކީ 1.63 މިލިއަން ފަތުރުވެރިން ގެނައުމާއެކު 10.4 މިލިއަން ބެޑްނައިޓްސް ހަމަކުރުމެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ސަރުކާރުން ކަނޑައެޅުއްވި އަންދާޒާއަށްވުރެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އަދަދާއި އެމީހުން ރާއްޖޭގައި ހޭދަކުރި މުއްދަތު ދައްކުވައިދޭ ބެޑްނައިޓްސްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ވަނީ 1.67 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ބެޑްނައިޓްސް ވަނީ 12.3 މިލިއަނަށް އަރާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!